ޚަބަރު

ބޮޑު އީދު ޗުއްޓީގައި ރަނގަޅީ ގޭގައި މަޑުކޮށްލަދިނުން: ރައީސް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޖުލައި 26އާ ދިމާކޮށް ލިބޭ ޗުއްޓީގައި ބޮޑަށް ރަނގަޅީ ހުރިހާ ބޭފުޅުން ވެސް ގޭގައި މަޑުކޮށްލަދިނުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޖުލައި 26އާއި ބޮޑު އީދާ ދިމާކޮށް ގާތްގަނޑަކަށް 14 ވަރަކަށް ދުވަހުގެ ބަންދެއް ލިބޭ ކަމަށާއި، މި ދުވަސްވަރު ބޮޑަށް ރަނގަޅީ، ހުރިހާ ބޭފުޅުން ވެސް ގޭގައި މަޑުކޮށްލަ ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅުގައި އެއްވެސް ބޭފުޅަކު އެއްވެސް ތަނަކަށް ނުގޮސް މަސައްކަތް ކުރަންވީ، ނިއު ނޯމަލްއަށް ބަދަލުވުމަށް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވޭދަނަތައް ގިނަވުމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ސުކޫލު ބަންދުގައި މާލެއިން އެއްވެސް ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ބަލާނީ ޒަރޫރީ ޙާލަތްތަކަށް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އެ ހާލަތްތަކަކީ:

1. ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން
ދާންޖެހުން.
2. މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް
ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
3. މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
4. މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި
ދާންޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން
ނުހިމެނެއެވެ)
5. މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް
ދާންޖެހުން.

މި ފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް އެދި 2021 ޖޫން 6 ވަނަ ދުވަހުން ފެށިގެން ހުށަހަޅާނީ "ހާލުބެލުން ޕޯރޓަލް" މެދުވެރިކޮށް ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ. މިގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރު ވެސް ކަނޑައަޅައިފައިވާ ގޮތުގެ މަތިން 14 (ސާދަ) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 (ސާދަ) ދުވަހަށް ފަހު ޓެސްޓުކޮށް ނަތީޖާ ނައްސި ވުމުންނެވެ.

  1. ވަރަށް ދެރަ

    މުއްސަނދި، ބޮޑެތި، ރޯޔަލް މީހުން ދަނީ ދުބާއީ އަށާ އެހެން ގައުމްތަކަށް. ނިކަމެތި ރައްޔިތުން މިތިބެނީ އެންމެ ހާލުގައި. އެނމެ ކުޑަމިނުން އަމިއްލަ ރަށަށްވެސް ނެތްދެވޭކަށް.

  2. އާދަނު

    ރައްރަށަށް ދާ މީހުން ކަރަންޓީނުުވާން ޖެހޭ ޕޮސިޓިވް ވެއްޖެއްޔާ އިތުރައް ތިބެން ޖެހޭ އެހެން ވީމަ ބަންދަށް ރައްށަށް ދާމީހުން މާލެ އަންނާނީ ބަލިން ފަސޭހަ ވެގެން މީ މާލެއިން ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތެއް އެކަމު ރައްރަށުން މި ކަންކަން ރަނގަޅަށް މޮނީޓާ ކުރެވެން ވާނެ