ޚަބަރު

ކޮވިޑް-19އިން ރައްކާތެރި ވުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދެނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް މި ހަފްތާ ނިމޭއިރު، ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ލުއިދިނުމާ ބެހޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި ދޭނެ ލުއިތަކެއް އެނގޭނީ އެހެން މަޝްވަރާތައް ނިމުމުން ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ މުއްދަތު މިހަފްތާގައި ހަމަވާނެއެވެ. މަބްރޫކް ވިދާޅުވީ މަޝްވަރާކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑެތި ލުއިތަކެއް ދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް ދިން އެންމެ ބޮޑެތި ލުއިތައް މިފަހަރު ދޭ ލުއިގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެގޮތުން ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ދިން ލުއި، އަލުން އިއާދަކުރަން ވިސްނަވަންތޯ ކުރި ސުވާލަށް މަބްރޫކް ވިދާޅުވީ އެވަރުގެ ލުއިތައް އަދި ނުދޭނެ ކަމަށާއި، ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު އަދި އެހައި ވަރަށް ރަނގަޅުނުވާ ކަމަށެވެ.

Ads by Ooredoo
  1. ގަމު މީހާ

    ކީއްކުރަން..؟؟
    އަދި ލުއިދޭވަރެއް ނުވޭ. މާ އަވަހާ ލުދޭތީ އިރު އިރުކޮޅާ ކޮވިޑް ރާޅު ހިއްލާމިލަނީ..

    • ބިސް

      ކައޭ އާދޭ ބިލްތައް ދައްކައިދޭން

  2. ޢަމިނަ

    ލަސްވެއްޖެ ލުއި ދޭން. ހީވަނީނުފެތުރިގެން އުޅޭހެން