Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިއަދު ވެސް މާލެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދު ރިކޯޑު އަދަދަކަށް މަދު

މިއަދު ވެސް މާލެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދު ރިކޯޑު އަދަދަކަށް މަދު

ރާއްޖެއިން މިއަދު އިތުރު 253 މީހުން ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޭގެ ތެރެއިން މާލެއިން ފައްސިވީ 35 މީހުންނެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 164 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 3 މީހުން ފައްސި ވެފައިވާ ކަމަށާއި ތަރައްގީ ކުރަމުން އަންނަ ރަށްތަކުން 43 މީހުންނާއި އިންޑަސްޓްރިއަލް އައިލެންޑުން 8 މީހަކު މި ބައްޔަށް ފައްސި ވެފައިވާކަމަށް ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 72،149 މީހުންނެވެ.

Advertisement
HDC — Sidebar (box)

ބަލިން ފަސޭހަވެފައި ވަނީ 67،148 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 206 މީހުން ނިޔާވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް