ސިޔާސީ

މަސައްކަތް ކުރަނީ އަމިއްލަ އެދުމަށްވުރެ، މުޖުތަމައުގެ ފައިދާއަށް، ނިކަމެތިކަން ދިން މީހުންނަށް ޒާތީކަމެއް ނޯންނާނެ: ޤާސިމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަމިއްލަ ފައިދާއަށްވުރެ ބޮޑަށް އަބަދުވެސް އިސްކުރާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށާއި ޤައުމުގެ އަމާންކަމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް އަބަދުވެސް ކަންތައް ކުރައްވަން ވިސްނުންފުޅު ހުރި ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މިހާތަނަށް އެއްވެސް އިރެއްގައި އަމިއްލަ އެދުމަށް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ވެރިކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތަކީ ވެސް މުޖުތަމައުގެ ފައިދާއަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރަނީ އެއްވެސް ހާލެއްގައި އަޅުގަނޑުގެ އަމިއްލަ މަސްލަހަތަށް ބަލައިގެނެއް ނޫން. އެހެން ނަމަވެސް ޤައުމުގެ މަސްލަހަތާއި ޤައުމުގެ އަމާންކަމާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ހޯދުމަށާއި އަދި ރައްޔިތުންނަށް ދުޅަހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމާއި އެކީ އެބޭފުޅުންނަށް ތަނަސްވެ، މީހުންނަށް އެންމެ ފުރިހަމަ ކުރި ބޯއްޓެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ" ޤާސިމް ވިދާލުވިއެވެ.

ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކާ އެކު ހަދާ ކޯލިޝަން ރޫޅިގެންދާ ސަބަބަށް އަޅިއަޅުއްވައިލަމުން ޤާސިމް ވިދާޅުވީ، ކޯލިޝަން ރޫޅިގެން ދަނީ ޖުމްހޫރީ ޕާޓީގެ ސަބަބުން ނޫން ކަމަށެވެ. އެމްޑީޕީިއާ އެކު 2013 ވަނަ އަހަރު ހެދި ކޯލިޝަނާއި 2018ވަނަ އަހަރު ޕީޕީއެމްއާ އެކު ހެދި ކޯލިޝަން ރޫޅިގެން ދިޔައީ އެ ޕާޓީތަކުގެ ސަބަބުން ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

"ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންގެ ޕާޓީއަށް ވެސް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެން އާދޭ. ޕާޓީން ކޯލިޝަން ހަދައިގެން މަސައްކަތް ކުރާއިރު، ދިމާވާ ގޮތަކީ ވެރިކަން ލިބުނު ފަރާތުން ވަޒީފާތަކާއި އެހެނިހެން ފުރުސަތުތައް އޮތީމަ، ޕާޓީގައި ތިބި މީހުން ވެސް، އަދި ޕާޓީގައި ހުރި މުދާ ވެސް އެބަ ބަދަލުވެގެންދޭ އެ ޕާޓީއަކަށް" އަލުން ބަލުން ފަށައިގަނެގެން ހުރިހާ ކަމެއް ކުރަން ޖެހުމަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ވުރެ ޑިމޮކްރަޓިކްކޮށް ހުޅުވައިލައިގެން ހިންގޭ ޕާޓީއެއް ނޯންނާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ނާޒިމް އަދި ރިޔާޒަށް އިޝާރާތް ކުރައްވަމުން ޤާސިމް ވިދާޅުވީ،ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން ޕާޓީން ވަކިވި ބޭފުޅުންނާއި އެހެން ބޭފުޅުން ދައްކަވާ ވާހަކަތަކަކީ، އެއްވެސް ސަމާލުކަމެއް ދޭ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީ ނިކަމެތި ކުރަން އެފަދަ ވާހަކަ ނުދެއްކެވުމަށް ގޮވައިލައްވަމުން ވިދާޅުވީ، އެ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

  1. ޢަވާމެނދުރު

    މުޖުތަމައަށްފާދާވާ އެއީކޮންކަމެތްތޯ ތިމާއައް ފަިދާވާގޮތައް ކަނތައް ކޮނދޭމީހެނވިއްޔާ އެމީހަކީ ދީނަނހަޖޫޖަހާމީހަކަސް ގަިއުމުިއިންޑިޔާއަެް ހިބައިންދިނަސްސޯލިހުވަރުގެރަގަލުމޜހެނނުހުންނާނެ ނުބާކަމެއްކުރަނ ނުވެސް އެގޭ

  2. ސަލީމް

    ގަޢުމާރަށްޔިތުންގެފާދާޔަށް ސޯމަސަކަޔްކުރަނީ …
    ލަދުންބޯހަލާކު ؟؟؟؟؟ އެހެންވެތޯ ކޮވިޑުގާ ރިސޯޓަށް ގެސްޓުންއައުންހުޓޭއިރަށް މުވަޒިފުންތަށް.
    މުސާރަނުދީކަޑާލީ … ކަލެޔަކީ؟؟؟މީހަކަށްކަމެށްކޮށް؟
    ދީފިށްޔާކަލަގޮވާމީހެއް މިހާރުވެސްތިގޮވަނީއެވާހަކަ؟؟؟
    ލަދުނުގަށްނަރުބަލާބަލަ މަޖުލީހަށް ދޮޅުއަރުނގޮސްމުސާާރަބަރާާބަރަށްނެގި މީހުންސުވާލުކުރަންފެސީމާބުނީހަރިސްކުމީހެކޭ ؟؟؟؟
    އޭނަގެވާހަކަކިހާސަޅި ؟؟؟؟؟؟؟
    2023 ކާރިވަނީ ދެންހަމަތެޅިބާލާނީ މަމީރައީސް؟
    މަސާނުގުޅިވެރިކަމަކަށްނާދެވެނެކީޔާކިޔާހުއްނާނީ….
    މަމީރައީސްހައިރިސްކު؟؟؟::::::

  3. ކަނބުލޮ

    ނިކަމެތިންނަށް އެހީވަމުން ދިޔަ ބޭފުޅެއް ޤާސިމްއަކީ. އެކަމަކު މިއަދު މުއްސަނދިން ތިމާގެ ވަށައިލައި ތިމާއަށް ތިމާފެނި ނިކަމެތިންމަތިން ހަނދާން ނައްތާލީމާ ވާންވީ ގޮތް ތިޔަވަނީ… ވިސްނުމުގެ ބޭނުންކުރުން ބުއްދިވެރި.