މޮސްޓާއާއި ޖޭފޯ އެމްއެންޕީއަށް ސޮއި ނުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަލަށް އުފައްދާ މޯލްޑިވްސް ނެޝަނަލް ޕާޓީ ، އެމްއެންޕީއަށް ސޮއި ނުކުރަން ނިންމައިފިއެވެ.
މޮސްޓާއާއި ޖޭފޯ އެމްއެންޕީއަށް ސޮއި ނުކުރަން ނިންމައިފައި މި ވަނީ، އެ ޕާޓީ އުފެއްދުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ. އެމްއެންޕީ އުފެއްދުމަށް ޓަކައި 5،000 މީހުންނަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު މާދަމާ އިލެކްޝަނަށް ފޯމުތައް ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން ޖޭފޯ ވިދާޅުވެފައި ވަނީ އެމްއެންޕީއާ ގުޅުން މިވަގުތަށް މަޑުޖައްސައިލީ ކަމަށާއި އެހެން ނަމަވެސް އެ ޕާޓީއިން ކުރާ މަސައްކަތަށް ހުރަސް އަޅައި ނުވަތަ އެކަމަށް ދަތިވާ ފަދަ ކަމެއް ވެސް ނުކުރައްވާނެ ކަމަށް ޖޭފޯ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މޮސްޓާ ވެސް މިވަގުތަށް ހުންނެވީ ސޮއި ނުކޮށް މަޑު ކޮށްލާ ގޮތަށް ކަމަށް ޖޭފޯ ވިދާޅުވެފައިވެއެވެ.
ޔަޤީންކަން ކުޑަވީމާ ދޯ ސޮއިނުކޮށްމަޑުކުރީ
ބާޣީ މުރާލި ޚާން އަކަށް މިޤައުމުގެ ވެރިކަމެއް ލިބޭކަށެއް އަދި ނެތޭ ފުރަތަމަ އިންޑިޔާގެ ކޮންމެސް އަވަށެއްގެ ވެރިކަންލިބޭތޯ މުރާލިޚާން މަސއްކަތްކޮށްބަލަ!!!!!