ޖީއެމްއާރް ބޭރުކުރުމަކީ އިގްތިސާދީ ގޮތުން ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވިދާޅުވުމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދު ދެއްވައިފިއެވެ.
މިނިސްޓަރ އަމީރަށް ރައްދު ދެއްވައި ޑރ. ޖަމީލް ވިދާޅުވީ ރުހުން ހޯދަންވީ ރައީސް ނަޝީދު އުނގަށް ވެއްޓިގެންނެއް ނޫން ކަމަށާއި ބަލަންވީ 2 ހައުސިން އެލަވަންސް ނަގަމުން ހޮޓެލް ޖެންގައި ބެހެއްޓުން ފަދަ އިސްރާފު ހުއްޓުވައި އަމިއްލައަށް އަމިއްލަ ކަންކަން ކުރެވޭތޯކަމަށެވެ.
"ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީޚެއްގައި ވެރިޔަކު ހިންގި ޤައުމަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލު. އިބްރާހިމް އަމީރު ރުހުން ހޯދަންވީ ރައީސް ނަޝީދު އުނގަށް ވެއްޓިގެންނެއް ނޫން. ބަލަންވީ 2 ހައުސިން އެލަވަންސް ނަގަމުން ހޮޓެލް ޖެންގައި ބެހެއްޓުން ފަދަ އިސްރާފު ހުއްޓުވައި އަމިއްލައަށް އަމިއްލަ ކަންކަން ކުރެވޭތޯ. ނޫނީ ވާހަކަ ގިނަ ނުކޮށް އިސްތިއުފާ ދެއްވާ." ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަންއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އަދި އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ދެން ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫޢު ފައިނޭންސް ކުރަން ކަމަށެވެ.
މިނިސްޓަރގެ ޓްވީޓަށް އިދިކޮޅު ފަރާތްތަކުން ދަނީ ހޫނު ރައްދު ދެމުންނެވެ. މިގޮތުން ރާއްޖޭގެ އިގްތިސޯދާ އެއްވަރަށް އެއާޕޯޓު ގުޅިފައި ވަނީ މި ޤައުމުގެ މިނިވަންކަމާ ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވެސް ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރައްދު ދެއްވައިފައެވެ.
އެއްފަހަރު ތަޅާބޭރުކުރީމާވެސް ސަލާމްޖަހަންވީ ރައީސްޔާމީނުގެ ރުހުންހޯދާކަށްނޫން ރައްޔިތުންގެރުހުންހޯދަން