ރައީސް ނަޝީދުގެ ވެރިކަން ވައްޓައިލީ އިދިކޮޅުން ޑްރަގްގެ ބޮޑުންނާ ގުޅިގެން: އިލްޔާސް ލަބީބް
2012ވަނަ އަހަރު އަމިއްލަފުޅަށް އިސްތިފާ ދެއްވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓައިލާން އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހަރަކާތްތެރިވާ "ޑްރަގް ބޮޑުން"ނާ އެކުގައި މަސައްކަތް ކުރެއްވި ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ މީހުން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގެ ބަހުސް މަރުހަލާގައި އިލްޔާސް ލަބީބް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި މަސްތުން މީހުން ދުރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
މިގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި މަސްތުވާތެކަތި ބޭނުން ކުރާ ފަރާތްތައް ރިހެބިލިޓޭޓުކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ރިހެބްލިޓޭޝަން ސެންޓަރުތައް އުފެއްދިކަން ފާހަގަ ކުރެއްވިއެވެ. އަދި ޝަރުއީ ދާއިރާއިން ޑްރަގް ބޮޑުން ދޫވާ މައްސަލަ ހައްލު ކުރުމަށް ޑްރަގް ކޯޓުގެ ނަމުގައި ކޯޓެއް އުފެއްދެވިކަމަށް ވެސް އިލްޔާސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ބޮޑުންގެ ގޮތުގައި ފާހަގަކުރެވޭ ފަސް މީހުން ފާހަގަކޮށް އެ މީހުން ހިފާ ހައްޔަރު ކުރި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިލްޔާސް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އޭރު ކުރެވުނު މަސައްކަތްތައް ހުއްޓުވައިލީ ޖެހިގެން އައި ސަރުކާރުން ކަމަށެވެ.
"ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު ވަހީދާއި ޔާމީނާ ވެގެން، ޑިޓޮކްސް ސެންޓަރުތައް ބަންދުކޮށްލީ، ރިހެބްލިޓޭޝަން ސެންޓަރުތައް ބަންދުކޮށްލީ." އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޑްރަގް ބޮޑުންގެ ގޮތުގައި އުޅުނު މީހުން ރައީސް ނަޝީދުގެ ސަރުކާރުން ހައްޔަރު ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ނަޝީދުގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ. ނަޝީދުގެ ވެރިކަން ވައްޓައިލުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޑްރަގު ނެޓުވޯކުގައި ހަރަކާތްތެރިވި މީހުންނަށް ބަދަލުދީ، ސިޔާސީ މަގާމުތައް ވެސް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންބައެއް ކަމަށް ވިދާޅެއް ނުވެއެވެ.
ތިއިލްޔާސް ލަބީބަކީ ކާކު ކަންނެއެގޭމިހަކު މިރާއްޖޭގަ ނުހުންނާނެ