އައު ސީ އެމްބިއުލާންސް ގެނައުމަށާއި، މިހާރު ހުރި ސީ އެމްބިއުލާންސްތައް މަރާމާތުކުރަން ވެސް ބަޖެޓެއް ނެތް: މާރިޔާ
ރާއްޖެއަށް ބޭނުންވާ އައު ސީ އެންބިއުލާންސް ގެނައުމަށާއި މިހާރު ހުރި ސީ އެމްބިއުލާންސްތައް މެއިންޓެއިން ކުރުމަށް ވެސް އެކަށީގެންވާ ބަޖެޓެއް ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ވިދާޅުވެއްޖެއެވެ.
ސީ އެމްބިއުލާންސްތަކުގެ ހާލަތާ ބެހޭ ގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވައިފައިވާ ސުވާލަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ދެއްވި ޖަވާބުގައި ވިދާޅުވީ ސީ އެމްބިއުލާންސް ފަދަ މުހިންމު އަދި އެހާމެ ގިނައިން ބޭނުންކުރަން ޖެހޭ ޚިދުމަތެއް ފޯރުކޮށްދޭ ވަޞީލަތެއް ބެލެހެއްޓުން ހަރުދަނާގޮތުގައި ކުރިއަށް ގެންދެވޭނީ އެކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ މިންވަރުގެ ބަޖެޓެއް ވެސް ލިބިގެން ކަމަށެވެ.
"ސީ އެމްބިއުލާންސެއް އޮޕަރޭޓްކުރާ ގަޑިއިރަކަށް 462.40 ރުފިޔާ ޖެހޭއިރު، ކޮންމެ އުޅަނދެއްގެ މަރާމާތަށް އަހަރަކަށް 277440.00 ރުފިޔާ ހޭދަކުރަން ޖެހޭނެއެވެ. އެއީ 26 އުޅަނދަށް ބަލާ ނަމަ އަހަރަކަށް މަދުވެގެން 7.2 މިލިއަން ރުފިޔާއެވެ. ނަމަވެސް، ކޯސްޓް ގާޑުގެ އުޅަނދުތަކާއި އެހެން އޮޕަރޭޝަނަލް ބޭނުންތަކަށާއި ލޮޖިސްޓިކަށް ސިފައިން ބޭނުންކުރާ އެންމެހާ އުޅަނދުތައް ވެސް ހިމެނޭހެން މުޅި އެމްއެންޑީއެފްގެ ހުރިހާ ކަނޑުގެ އުޅަނދުތައް މަރާމާތު ކުރުމަށް އަހަރަކަށް ލިބެނީ ނިޞްބަތުން ކުޑަ ޢަދަދެކެވެ." މާރިޔާގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވެސް މިނިސްޓަރ މާރިޔާ ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސްއަށް ބަޖެޓް ހުށަހަޅާއިރު މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައިފައިވާ ވަކި ސީލިންގއަކަށް ބަޖެޓް ފައްތަން ޖެހުމުން ކަނޑުގެ އުޅަނދުތަކުގެ މަރާމާތަށް އެމްއެންޑީއެފަށް ބޭނުންވާ ޢަދަދު އެމްއެންޑީއެފްއިން ހުށަހަޅާ މުޅި ބަޖެޓްގައި ހިމެނުމުގެ ފުރުޞަތު ނުލިބޭކަން ވެސް ފާހަގަކުރައްވާ ކަމަށެވެ.
ބަޖެޓް އެކުގައި ދިރުވާލީމަކާ ނުހުންނާނެދޯ މިސަރުކާރު ހަމަ އެމީހަކާ އެމީހެއް ކޮންމެ މީހެއްވެސްބަލަނީ އެމީހެއްގެ އަތުގަ ޖެހުނު އެއްޗެއް ޖެހުނުތަނަކުން ކައިލެވޭތޯ
ފުލުގޮހޮރައްކާ ސަރުކާރު އިބޫ ސޮހޮލުގެ ސަރުކާރު
ކުރީ ސަރުކާރުން ވަގަށްނެގީ ދޯ އެލާރިކޮޅުވެސް. ބަޖެޓުގެ ފުރާޅުން ޓިނު ނައްޓައިގެންތަ ވަގަށް ގެންދިޔައީ؟ އިންޑިއާ ކުންފުންޏަކަށް ހިލޭ ދީބަލަ. މަރާމާތުކޮށްދޭނެ.
ގައުމު ލޫޓުވަނީ ވަގުންތައް ވައްކަންކޮށްފަ ޙަޒާނާހޮސްކޮއްފަ މިބުނަނީ ކުރީސަރުކާރޭ އިސްތިއުފާދީފަ ގެޔައްދޭ.