ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް “މަސްޖިދް ޢަމީލް ޖަލީލް" ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް އިމްރާން އަބްދުﷲއެވެ.
އެ މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.
މިސްކިތް ޢިމާރާތްކޮށްފައި ވަނީ 2 ފަންގިފިލާއަށެވެ. ތިރީ ފަންގިފިލާ ނަމާދުކުރުމަށް ޚާއްސަކޮށްފައި ވާއިރު، މަތީ ފަންގިފިލާއަކީ މަލްޓި ފަންކްޝަނަލް އޭރިއާއެކެވެ. އެ ފަންގިފިލާގައޮ ލައިބްރަރީއަކާއި ކްލާސްރޫމް އޭރިއާއެއް ހިމެނެއެވެ. މިސްކިތް ފަރުމާކޮށްފައި ވަނީ މިސްކިތުގެ ވަށައިގެން ހުރިހާ ފަޅިއަކުން ވެސް މިސްކިތަށް ވަދެވޭގޮތަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދައިފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށައިފައިވާއިރު މިއީ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ މިސްކިތެވެ. ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ ތިން މިސްކިތް އަޅަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ވިދާޅުވެފައެވެ.
އަޅެތީ މިސަރުކާރުން އެށިތަނެއްނޫންތަ
ނޫސްތަކާ ޓީވީ ތަކުން އަވަހަށ ގޮވާ މިސަރުކާރުން އެޅި މިސްކކިތެކޭ..