ކުޅިވަރު ފުޓްބޯޅަ

ޤައުމީ ޓީމަށް 1.2 މިލިއަން ރުފިޔާ: ފައިސާ ބަހައިލާނީ މުޅި ޓީމަށް ހަމަހަމައަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް 1.2 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

Ads by MWSC

ޤައުމީ ޓީމަށް މި ފައިސާގެ އިނާމު ހަދިޔާ ކުރައްވައިފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ކުރެއްދޫ އައިލެންޑް ރިސޯޓުގަައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ހާއްސަ މެޗުން އެ ޓީމު މޮޅުވުމާ ގުޅިގެންނެވެ.

އެ މެޗުން ޤައުމީ ޓީމު މޮޅުވީ ކުރެއްދޫ އައިލެންޑް ރިސޯޓު ޓީމާ ދެކޮޅަށް ފަސޭހަކަމާ އެކު 7 ލަނޑު ޖަހައިގެންނެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޓީމަށް ޖެހުނީ 1 ލަނޑެވެ. އިއްޔެ ކުޅުނު އެ މެޗުގައި ޤައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހެޓްރިކް ހަދައިފައެވެ. އަދި އަސަދުﷲ ޢަބްދުﷲ ދެ ލަނޑު ޖަހައިފައިވާ އިރު ، މުޙައްމަދު އުމައިރާއި އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ލަނޑެއް ޖަހައިފައެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުޅުނު މި ހާއްސަ މެޗުން ކާމިޔާބުވުމާ ގުޅިގެން އުއްޗު ވަނީ އެ ޓީމަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވެސް ވަނީ ޤައުމީ ޓީމަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މީގެ އިތުރުން ދިރާގާއި ވިލާ ޓްރެވެލްސްއިން ވެސް ވަނީ ޤައުމީ ޓީމަށް ފައިސާގެ އިނާމެއް ދީފައެވެ. އެގޮތުން އޭގެން ކޮންމެ ކުންފުންޏަކުން ވަނީ ޤައުމީ ޓީމަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އެހެންކަމުން އިއްޔެގެ މެޗުން ޤައުމީ ޓީމަށް ވަނީ 1.2 މިލިއަން ރުފިޔާ ލިބިފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފައިސާގެ އިނާމު ބަހައިލާނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ މެދުގައި ހަމަހަމައަށް ކަމަށެވެ.

Ads by HDC
  1. ޖާބިރު

    ގައުމީ ޓީމް ކުޅެންވީ ރައްރަށުން ހޮވާލެވޭ ޓީމް ތަކާއި އެރުން އަބަދުވެސް މޮޅުވާނެ ދެން ބޮޑެތި އިނާމް ލިބޭނެ

  2. ތުޅާގިރިި ނާއިފާ

    ބާރަށްް ކުރިއަށް