ޚަބަރު ސިޔާސީ

އައްޑޫ ތަރައްޤީ ކުރުމަކީ އެމްއެންޕީގެ ވަރަށް ބޮޑު އަމާޒެއް: ނާޒިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫ ތަރައްގީކުރުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެފަދަ ވިސްނުންތަކާއި ޕްލޭންތަކާ އެކީ އެކަން ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްއެންޕީގެ ރައީސް މިހެން ވިދާޅުވީ އަތޮޅުތެރޭގައި އެ ޕާޓީގެ އެންމެ ފުރަތަމަ އޮފީސް ހުޅުވުމަށް އައްޑޫސިޓީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އައްޑޫގެ ތަރައްގީއަކީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައި އޮތް ކަމަކަށްވާތީ އެ ޕާޓީގެ މެނިފެސްޓޯގައި ރާއްޖޭގެ އެންމެ ދެކުނުން އޮތް ސިޓީގެ ތަރައްގީ ވަރަށް ބޮޑަށް ހިމެނޭނެ ކަމަށެވެ.

"އެކަމަކު މިހާ ދުވަސްކޮށްފައި އައްޑުއަށް އާދެވުމުން ވެސް އައްޑުއަށް ބޭނުންވާ އެކަށީގެންވާ ތަރައްގީ މިހާތަނަށް ގެނެވިފައިވާ ކަމަކަށް އަޅުގަނޑުގެ އަމިއްލަ ނަފުސު ވެސް ގަބޫލެއް ނުކުރޭ" އެމްއެންޕީގެ ރައީސް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އައްޑޫގެ ތަރައްގީއާ ގުޅިފައި ހުރި ކަންކަމުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް، ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމާއި ވަކިން އޮތް ހުޅުމީދުއާއި އައްޑޫގެ އެހެން އަވަށްތަކާ ބްރިޖަކުން ގުޅައިލުމާއި ތަފާތު ކޮންސެޕްޓެއްގެ ދަށުން އައްޑޫގެ ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށެވެ.

Ads by Ooredoo
  1. އައޫ

    ވެރިކަމައއަންނަން ވީމާއައްޑޫ ވަރެއްނެއް