ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީންގެ ހައްޔަރާ ގުޅޭ ގޮތުން އިދިކޮޅުގެ ޝަކުވާ ކޮމަންވެލްތަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކޮމަންވެލްތުގެެ މެމްބަރުން / މަޖިލީހުގައި: ފޮޓޯ މެމްބަރު ސައީދު ޓްވިޓާ

ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އިދިކޮޅުން ކޮމަންވެލްތަށް ޝަކުވާ ހުށައަޅައިފިއެވެ.

Ads by Sosun Fihaara

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން ޔޫކޭ ގޮފީގެ މެމްބަރުންނާ އެކު މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލުގައި އޮންނަވާތާ 700އަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަނިޔާވެރިކަން ހުއްޓުވަން ޖެހޭ ކަމަށާއި ދައުލަތު ވަކިކުރެވިފައިވާ ބާރުތަކަށް އެ މަނިކުފާނު އިހުތިރާމްކުރައްވަން ޖެހޭ ކަމަށް ވެސް ކޮމަންވެލްތުގެ ވަފުދާ ބައްދަލު ކުރައްވައި ސައީދު ވަނީ ވިދާޅުވެފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

Ads by Allied Insurance
  1. ސައީދު

    މިހާރު ކޮމެންވެލްތެއް އޮތް ކަން އިދިކޮޅު ގަމާރުންނަށް އެގުނީ ތަ؟