ޚަބަރު ސިޔާސީ

މަޙްލޫފަށް ދައުވާ ކުރީ ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ވިސްނުމުގައި: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ދައުވާ ކުރީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަނިޔާ ދިނުމުގެ ވިސްނުމުގައިކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިފަދައިން ވިދާޅުވީ މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ނުބައި ނިޔަތެއްގައި ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުމަށް ކުރި ދައުވާއެއް ކަމަށެވެ. އަދި މިއީ އިންސާފުވެރި ސަރުކާރެއްކަން ދައްކައި، ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ނުބައި ނިޔަތުގައި ސަރުކާރުން ވަރަށް ރޭވުންތެރިކަމާ އެކު ކުރަމުންދާ ކަންތައްތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފައި ވަނީ 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބުނުކަމަށް ތުހުމަތު ކުރެވޭތީއެވެ. މަޙްލޫފްގެ އިތުރުން އެމްއެމްޕީއާރުސީ ތަހުގީގުގައި އެތައް ބަޔަކަށް ގިނަ އަދަދުން ޑޮލަރު ލިބުނުކަން ތަހުގީގަށް ސާބިތުވެއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ އިރު، އިއްޔެ ވަނީ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ ވެސް އުފުލައިފައެވެ.

Ads by Allied Insurance
  1. އާންތު

    ސިޔާމޫ ކަލެއަށް ހެޔޮ ގޮތެއްނެތެއްނު ޔާމީނަށް ވެސް ހެޔޮ އެދިގެން ނެއްނޫން ތިޔައުޅެނީ