އެމެރިކާ ދުނިޔެ

ދެކުނު އެފްރިކާގައި ކޮވިޑްގެ އައު ވޭރިއަންޓެއް ފެތުރި ހާސްކަން އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ އައު ވެރިއަންޓެއް ދެކުނު އެފްރިކާގައި ފެތުރެމުން ދިޔުމާ ގުޅިގެން، އެ ޤައުމުގައި ހާސްކަން އިތުރު ވެއްޖެއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި ދެކުނު އެފްރިކާގެ ސައިންޓިސްޓުން މިހާރު ދަނީ މި އައު ވޭރިއަންޓާ ގުޅޭގޮތުން ދިރާސާތައް ކުރަމުންނެވެ.

އެ ޤައުމުން ކޮވިޑް-19ގެ އަލަށް ފެނިފައިވާ ވޭރިއަންޓަކީ ބީ.1.1.529 ވޭރިއަންޓު ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ސައިންޓިސްޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ މި ވޭރިއަންޓުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު މާބޮޑަށް ކަނޑުވައިލައި ކަމަަށާއި އެހެން ވޭރިއަންޓުތަކަށް ވުރެ ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ކޮމިއުނިކެބްލް ޑިޒީޒެސްއިން ބުނެފައި ވަނީ މިހައިތަނަށް މި އައު ވޭރިއަންޓަށް ފައްސިވީ 22 މީހުން ފެނިފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!