ޚަބަރު

އިންޑިއާ އައުޓްއާ ދެކޮޅަށް ޖުމްހޫރީ ޕާޓީ: މިއީ ދިގު މުއްދަތެއްގައި ޤައުމަށް ގެއްލުން ލިބޭނެ ކަމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ފަރާތްތަކުން، ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނުން ދިގު މުއްދަތެއްގައި ޤައުމަށް ގެއްލުން ލިބިދާނެކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by STELCO

"އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް"ގެ ނަމުގައި ހިންގާ ކެންޕޭނުތަކާ މެދު ޖުމްހޫރީ ޕާޓީން ދެކޭގޮތް ހާމަކުރުމަށް މިއަދު އެ ޕާޓީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އިންޑިއާ އައުޓް ކެންޕެއިނާ ދެކޮޅަށް ޖުމްހޫރީ ޕާޓީން ނިކުތްއިރު، އަދާލަތުން ވެސް އިންޑިއާ އައުޓް ކެންޕެއިނާ ދެކޮޅަށް ވަނީ ނޫސްބަޔާން ނެރެފައެވެ.

މިއަދު ޖުމްހޫރީ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ ތާއީދު ނުކުރާނެކަމަށެވެ. އަދި ރާއްޖޭގައި އަސްކަރީ ބަޔަކަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށާއި އެފަދަ ކަމެއް ނުހިނގާ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށް ނުދިނުމާއި، ޢަސްކަރީ ބޭނުންތަކަށް ދިނުން، މި އަރިމަތީ ސުރުޚީގެ ދަށުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައި ބުނަނީ 'ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ދީގެން ނުވާނެއެވެ' މިހެންނެވެ." އެ ބަޔާނުގައި ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ، ހަތިޔާރު ނުލައި ޔުނީފޯމުގައި އެހެން ޤައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެ ވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށްކޮށް އުޅޭ ކަމެއް ކަމަށެވެ.

"އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް"ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހިޤައުމަށް ދިގު މުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރު ދޭނޭ ކަމެއް ނޫންކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ

  1. ގުނބޯ

    ކަލޭތީހަމަަ ގުނބޯހައްދައިގެންް ކޮނމެކަމެއްް ކުރެވޭއިރުވެސްް ނޭގޭމީހެއްް އަނެއްކޮޅުންް ފައިސާފޮއްޗެއްް ފެނުނަސްް އެއައްް ފެންބޮވައިގަނެގެންް ދެއްކޭނުދެއްކޭޭ އެއްނޭގޭހާލުގަަ އުޅުވާާ ބޭފުޅެއްެ ކިހިނެތްް ތިކަހަލަމީހުންދައްކާވާހަކަަ އަޑުވެސްް އެހޭނީީ