ޚަބަރު

އެޗްޑީސީގެ ރައްދު ސިޓީ ކައުންސިލަށް: އިތުބާރު ގެއްލުވައިލާން ހަގީގަތާ ހިލާފު ވާހަކަ ނުދައްކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންވެސްޓަރުންނާއި އާންމު ފަރުދުންގެ މެދުގައި އެޗްޑީސީގެ އިތުބާރު ގެއްލޭ ގޮތަށް މާލެ ސީޓީން ޙަޤީޤަތާ ހިލާފް ވާހަކަތައް ހިމަނައިގެން ބަޔާން ނެރެފައިވާ ކަމަށާއި އެގޮތަށް ކަންކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިލްތިމާސް ކޮށްފިއެވެ.

Ads by STELCO

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް އެޗްޑީސީއިން ވަނީ އިއުލާންކޮށްފައެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވިދާޅުވީ، ހުޅުމާލެއިން ބިން ވިއްކުމަށް އެޗްޑީސީން އިއުލާންކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި ހުޅުމާލޭ ބިމުގެ ހައްޤުވެރި ފަރާތަކީ އެޗްޑީސީ ކަމަށެވެ.

މިކަމާ ގުޅިގެން މިރޭ އެޗްޑީސީން ވިދާޅުވީ،ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ޓަކައި ކުރި އިޢުލާނުގެ ދަށުން ބީލަމަށް ހުޅުވައިލެވޭ 60 ބިމުގެ ޤާނޫނީ މިލްކުވެރިފަރާތަކީ އެޗްޑީސީ ކަމުގައި ވީހިނދު އެބިމުގެ މިލްކުވެރި ފަރާތުގެ ހައިޞިއްޔަތުން އެބިމުން ތަޞައްރުފް ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިދީފައިވާ ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް، އެޗްޑީސީގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މިފަދަ ބަޔާންތައް ނެރެމުން ދިއުމުގެ ސަބަބުން ނުހަނު ގެއްލުން ލިބެމުންދާ ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އިލްތިމާސް ކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން، އެޗްޑީސީއަކީ ކުންފުންޏާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ޤާނޫނީ ހައްޤު ލިބިދީފައިވާ ވަކި ޤާނޫނީ ޝަޚްސަކަށް ވީހިނދު، މިކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދީފައިވާކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ރައްޔިތު

    އެޗްޑީސީއަކީީ ބޭކާރުތަނެއްް ރައްޔިތުންނައްް ފައިދާވާނެެ އެއްވެސްކަަ.ެއްނުކުރާތަނެއްް ތީހަމަަ އުވާލަންް މާލަސްވެއް