ޚަބަރު ސިޔާސީ

"އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މީހުން ހައްޔަރު ކުރަނީ ސަރުކާރުގެ އިސް ވެރިންގެ އޯޑަރަށް: އިދިކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިންގެ ހަރަކާތްތަކުގެ ބައިވެރިން ހައްޔަރު ކުރަމުން އަންނަނީ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް ކަަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.

Ads by MWSC

އިއްޔެ އިދިކޮޅުން ބޭއްވި އިންޑިއާ އައުޓް ހިނގާލުމުގެ ތެރެއިން ހަތް މީހަކު، އަދި އޭގެ ކުރީ ދުވަހު 11 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ޕީޕީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހަރަކާތުގެ ބައިވެރިން ހައްޔަރު ކުރަމުން އަންނަނީ އިންޑިއާ އައުޓް މިހެން ނުގޮވޭނެ ކަމަށާއި އެހެން ޖަހައިފައިވާ ޓީޝާޓް ލައިގެން ނުޅެވޭނެ ކަމަށް ބުނެއެވެ.

"އިންޑިއާ އައުޓް" މިހެން އިނގިރޭސިން ނުޖެހުމަށާއި ދިވެހިން ޖެހުމަށް ފުލުހުން އިއްޔެ އެންގި ކަމަށް ވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވިއެވެ. އެހެން ނަމަވެސް ހީނާގެ މި ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ކަމަށްވާ އިރު ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން އެކަން ނުހުއްޓުވޭނެ ކަމަށެވެ.

ފުލުހުން މުޒާހަރާތައް ރޫޅުމުގައި ގެންގުޅެމުންދަނީ ވަރަށް އަނިޔާވެރި ގޮތްތަކެއް ކަމަށް ވިދާޅުވަމުން ބަޔާނުގައި ވިދާޅުވީ، އެގޮތަށް އަމަލު ކުރަމުންދަނީ ފުލުހުންނަށް އަންގާ ޣައިރު ގާނޫނީ އެންގުންތަކުގެ ސަބަބުން ކަމަށާއި މިކަމުން މި ސަރުކާރުން އިންޑިއާއަށް ވެފައިވާ އަޅުވެތިކަން އެނގޭ ކަމަށެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ބެލުމެއްނެތި ހިފާ ހައްޔަރު ކުރާ ކަމަށާއި ފިރިހެން ފުލުހުން ފޮނުވައިގެން އަންހެނުން ހައްޔަރު ކުރަމުންދާ ކަމަށް ވިދާޅުވެ، އެކަންތައް އެ ޕާޓީން ވަނީ ކުށްވެރި ކުރައްވައިފައެވެ.

  1. ޕާކޭ

    ޔާމީނަމީދުވަކުވެސްތެދެއްހެދިމީހެއްނޫންހަދާނީހުސްދޮގުއައުޓް