ޚަބަރު ސިޔާސީ

ސައީދުގެ ރައްދު ރައީސް ޞާލިޙަށް: އެމްޑީޕީ ބޮޑުންގެ ގޮތުގައި ތިބީ އަފިހުން ގަހުގައި ހިފައިގެން ހަލުވާ މީހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެންޕެއިނަކީ ޑްރަގާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި އައުޓް ވާން ޖެހޭނީ ޑްރަގް ކަމަށް ރައީސް ޞާލިޙް ވިދާޅުވުމުން، ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެންޕެއިން ފެށުމަށް ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ އިންޑިއާ އައުޓް ކެންޕެއިނާ ޑްރަގްއާ ގުޅުވައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓް ދެއްވަން ޖެހޭނީ ޑްރަގާ ދެކޮޅަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، މިރޭ ޕީޕީއެމް ހަރުގޭގައި އޮތް ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޞާލިޙަކީ ޑްރަގްގެ ވާހަކަ ދެއްކޭނެ މާ ބޮޑު ލައިސެންސެއް ނެތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ބޭފުޅުންގެ ބޮލުގައި ސައީދު ވަނީ ތުހުމަތުތަކެއް އަޅުއްވައިފައެވެ.

މިގޮތުން ސައީދު ވިދާޅުވީ، އިންޑިއާ އައުޓާއި ޑްރަގްއާ ގުޅުވަން ރައީސަށް ލަފާ ދިނީ އިންޑިއާގެ ކޮންސަލްޓެއް ކަމަށެވެ. ނަމަވެސް ޑްރަގަކީ އެމްޑީޕީ ބޭފުޅުން ބޭނުން ކުރައްވާ އެއްޗެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށް ސައީދު ވިދާޅުވިއެވެ.

"މީނައަކަށް އެމްޑީޕީ ބޮޑުންނަށް މިތިބީ އަފިހުން ގަހުގައި ހިފައިގެން ހަލުވާ މީހުން ކަމެއް. އެމީހުންނަށް މިދޭނީ ވެސް އަފިހުން ގަހުގެ ދަށުގައި" ސައީދު ވިދާޅުވިއެވެ.

އަފިހުނަކީ މަސްތުވާ ބާވަތެއް ކަމަށްވާ ހެރޮއިން އުފެއްދުމަށް ބޭނުން ކުރާ އެއްޗެކެވެ.

ސައީދުގެ ވާހަކަފުޅުގައި އިތުރު ތުހުމަތު ތަކެއް ކުރެއްވިއެވެ. މިގޮތުން ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން ފަހުން އުތުރަށް ރައީސް ޞާލިހާއި ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި "ވަކި ވައްތަރެއްގެ ޖޫހެއް" އަރުވަން ޖެހޭ ކަމަށް ލޯންޗްގެ ފަޅުވެރިޔާ ބުނި ކަމަށް ވިދާޅުވިއެވެ. އަދި 2008ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި، އެކުގައި ވަޑައިގަތް ބޭފުޅުން ތެޔޮބިޑި ބޯތީ، ޤައުމުން ފުރުވާލަން ޖެހުނު ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޑިއާއިން ބޭނުން ވަނީ ރާއްޖޭގެ ކަނޑުތަކުގައި މަސްތުވާތަކެތި ވިޔަފާރި ކުރެޔޭ ކިޔައިގެން އެ މީހުންގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުން ކަމަށެވެ. އަދި މިއީ ދައްކާ އުޒުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ޑްރަގްއާ ދެކޮޅަށް ވޯޓް ދެއްވާ ވާހަކަ ވިދާޅުވުމުން، އެ ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓަށް ނުވަތަ ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓް ދެއްވާށޭތޯ ވެސް ސައީދު ސުވާލު ކުރެއްވިއެވެ.

Ads by Ooredoo
  1. ސާބަސް

    ސައީދު ރަގަޅުވާނެ އަގަމަޑުންލައިގެން ހުރިއްޔާ. ބޭޒާރުވުން ކުޑަވާނެ.

    • ޢަލީ

      ފާޅުގައި ބޯންޖެހޭނެ.ބޯންވާނެ ކަމަށް ލައިވް ޓީވީގައި ވަކާލާތު ކުރާ ގުރޫޕަކީ އަންނިގެ ގުރޫޕް.ވ.ސާފު.

  2. ޕީކޭ

    ސައީދުކަލޭކާދޭއަތުގަދައްއޅާމީހެއްބުރުމާގާސިމުގެނިވަލުގަސިއާސީމައިދާނައްނިކުމެގާސިމުކަރުގަހިފިމީހާތީހަޔާތުގެކަންފުޅެއްވެސްނެއްމިހާރުތގޮވަނީޔާމީބޭއައުޓު

    • ސަންފަ

      ޢަތުގަ ދަތް އެޅީކީ ނޫނެެއްނު ގާސިމް ބުނެ ގެން ޔާމީނު ވެރިކަމުގަ މިނިސްޓަރ ކަންދިނީ ދެން ހަމަ ގާސިމް ދެއަތަށް އެބުރޭ ބުރުމާ ހެން އެކޮޅު މިކޮޅަށް އެބުރޭހެން ސައީދުވެސް ނޭބުރޭތީބާ މައްސަލައަކީ.

  3. ޕާކޭ

    ސަޢީދުމެނަކީވަރަންހަޔާއްކުޑަބައެށްއެނޑީޕީމީހުނައްވުރެވެސްނު ބާބައެއްތީތިޔާމީނަދުވަހަކުވެސްމަގޭވޯޓެނުލިބޭނެވަގުންނައްހީވާނީދެންތިބެނީވގުހެންރާބޯމީހާއަށްހީވާނީހުސްރާބޯމީހުންހެންތިބޭނީތިކުރެވެނީފަސާދަ

  4. ބިރުބޮޑު

    ސޯލިހުއަށް ހުކުމެއް އަރުވައިލީ ކޮންބުއިމެއް ބޮއިގެންތޯ