އެެމްޑީޕީގެ ސިފަތައް ނެތް އެމްޑީޕީގެ ވަޒީރަކު ކެބިނެޓްގައި މަސައްކަތް ކުރައްވާކަމަށް ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ތުހުމަތު ކުރައްވައިފިއެވެ.
ވަކި ވަޒީރެއްގެ ނަން ވިދާޅު ނުވެ، މެންބަރު ޝަފީގް މިފަދައިން ފާޑު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ "ކުދި އަދި މެދުުފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް" ބަހުސްކުރައްވަމުންނެވެ.
ބެލެވޭ ގޮތުގައި މޯޑު އިޝާރާތް ކުރައްވާފައި މިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ހަމަހަމަކަމެއް ނެތި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވާހަކަ. ކުރީ ސަރުކާރުގެ ވަޒީރެއްގެ ވާހަކައެއް ނޫން. މި ދަންނަވަނީ މި ސަރުކާރުގެ ވަޒީރެއްގެ ވާހަކަ. އަޅުގަނޑުމެން އުއްމީދުކުރި ވަރެއް ނުވެއޭ. ކުދިކުދި ކަންކަން އެބަ ހުއްޓޭ މި ކަންކަން އިސްލާހު ކުރައްވާށޭ. އަޅުގަނޑުމެން އައީ އެ ވަހާކަ ދައްކައިގެންނޭ. މި ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެއޭ. އަޅުގަނޑުމެން އެ ޕާޓީގެ މަގުސަދު އެބައޮތޭ." ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.
މެންބަރު ޝަފީގު އިތުރަށް ވިދާޅުވީ ބަނގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ނުގެނެވޭއިރު މިހާރު ލިބެނީ ހަމައެކަނި އިންޑިއާގެ މަސައްކަތްތެރިން ކަމަށާއި އެހެން ނަމަވެސް އިންޑިއާގެ މަސައްކަތްތެރިންނާ ހަވާލުކުރާ ހުރިހާ މަސައްކަތްތައް ނުކުރާ ކަމަށެވެ.
މ ޑ ޕ ގެއް ސިފަ ލާދީނީ