"އިންޑިއާ އައުޓް" ޙަރަކާތަށް ނައިފަރު ތައްޔާރުވަނީ
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ރާއްޖޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ގެ ހަރަކާތެއް ޅ. ނައިފަރުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލިސްގެ މެންބަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ދެން އެންމެ އަވަހަށް އޮންނާނީ އޭނާގެ އުފަން ރަށް (ނައިފަރުގައި) އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މި ހަރަކާތުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ޓީމުން މިހާރު ދަނީ ނައިފަރުގައި ހަރަކާތްތެރިވާ އިދިކޮޅު ކޯލިޝަނަށް ސަޕޯޓުކުރާ ފަރާތްތަކާ ބައްދަލުކޮށް، އިންޑިއާ އައުޓް ހަރަކާތާ ގުޅޭގޮތުން މައުލޫމާތުދީ އެ ރަށުގައި މި ހަރަކާތް ކުރިއަށް ގެންދިިޔުމަށް ކުރާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދެމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުުޓް ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އަތޮޅުތެރޭގެ ރަށްތަކުގައި މި ހަރަކާތް ފުޅާ ކުރައްވަމުންނެވެ.
އިންޑިއާ އައުޓް ގޮވާފަ ބޭހަށް އިންށިއާއަށް ނާރާތި. ޢިންޑިއާއިން ދަނީ މިކަމުގައި ބައިވެރިވާ މީހުންނަށް ފާރަވެރިވަމުން. ކަނޑުކޮހުން ލައްވާ މިގަނޑުގަނުވާ މީހުން ދަނީ ސިންގަޕޫރަށް. ކަނޑުކޮހުން އިންޑިއާއަށް.