ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ އިންޒާރެއް ސަލާމަތީ ބާރުތަކަށް: އިންޑިއާ އައުޓް ހަރަކާތަށް ހުރަސް އަޅާނަމަ މަޤާމުތަކުން ވަކިވާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް/ ފޮޓޯ: ދެން އިމޭޖްސް

ދެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމާ ޕީޕީއެމްއިން އަލުން ހަވާލުވެލެއްވުމަށް ފަހު، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ހުރަސް އަޅާ ގޮތަށް ސަލާމަތީ ބާރުތަކުގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރާ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޕީޕީއެމް އޮފީހުގައި މިރޭ ކުރިއަށްގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ލީޑަރ ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ މި ފަސްގަނޑުގެ އެންމެ ތަންކޮޅެއް ވެސް ބޭރުގެ ބަޔަކަށް ލިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެކަން މިހާރު ބާއްވާ އިންތިޚާބުތަކުން ވެސް ސާފު ވެގެން ގޮސްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސިފައިންނާއި ފުލުހުން ވެސް ހިދުމަތް ކުރައްވަން ވާނީ ދިވެހި ރައްޔިތުންގެ ހައްޤުގައި ކަމަށެވެ. އަދި އެފަދައިން މަސައްކަތް ނުކުރެވޭ ނަމަ އެއީ ވެވޭ ޣައްދާރެއް ކަމުގައި ވެސް ޕީޕީއެމްގެ ރައީސް ސިފަކުރެއްވިއެވެ.

"މިފަސްގަނޑަށް ކުލުނެއް ނެތި، ސިފައިންނާއި ފުލުުހުންގެ ތެރޭގައި މިކަމުގައި ދެކޮޅަށް ތިބި މީހުން މަޤާމުތަކުން ވަކިވާނެ. ތިޔަ ބޭފުޅުން ތިމުވައްސަސާތައް ސިޔާސީ ކުރާނަމަ ތިކަމުގެ ޖަވާބުދާރީ ވާންޖެހޭނެ." ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވެލެއްވުމަށް ފަހު، މުއައްސަސާތައް ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން ޤައުމުގެ ހައްޤުގައި ނިކުންނަން ޖެހުނީ، މިފަސްގަނޑުގެ ހިމާޔަތުގައި ނިކުންނަން ޖެހޭ ސަލާމަތީ ބާރުތަކުން އެބޭފުޅުންގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެއްވުމުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޒިންމާ އިދިކޮޅުން ހިލޭ ކުރަމުން އަންނަ ކަމަށާއި ފުލުހުން އަމަލު ކުރަމުން އަންނަނީ އިންޑިއާ މީހުންގެ ޙައްޤުގައި ކަމަށް ވެސް ވިދާޅުވިއެވެ.

"ފުލުސް ކުދިން ނިކުމެ، އެމީހުންގެ މަންމައިން، އެ މީހުންގެ ދައްތައިން، ފަހަރިން، އިންޑިއާ މީހުންގެ ޙައްޤުގައި ތަޅައި މެރީ. މިކުރެވުނީ މޮޅުކަމެެއްދޯ"

ރައީސް ޔާމީން ސަލާމަތީ ބާރުތަކަށް އިންޒާރު ދެއްވައިފައި ވަނީ، އިއްޔެ އިދިކޮޅުން ހިންގި އިންޑިއާ އައުޓް ކެންޕެއިނަށް ހުރަސް އެޅުމުންނެވެ. އިއްޔެ އިދިކޮޅުން ބޭއްވި އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއް ކަމަށް ބުނެ، ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައެވެ. އަދި މުޒާހަރާ ކުރިޔަށް ނުގެންދެވޭނެ ގޮތަށް ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި ބައެއް ބައިވެރިން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.

  1. ޖާބިރު

    މިލިޓަރ ޚަރާބ ކުރަނ ނޫޅޭތި