ޚަބަރު ސިޔާސީ

ޤައުމަށް ޓަކައި ސުލްޙަ މަސްލަހަތު ނަގައިލާން ޖެހުނަސް ޕީޕީއެމްއިން އެކަން ކުރާނެ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ދިވެހި ބިމުގެ މުޤައްދަސްކަމަށް ވުރެ މުހިންމު ކަމެއް ދިވެހިންނަކަށް ނޯންނާނެ ކަމަށާއި، ދިވެހި ފަސްގަނޑުގެ ޙައްޤުގައި ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގައިލާން ޖެހުނަސް އިދިކޮޅު ޕީޕީއެމް އޮންނާނީ ތައްޔާރަށް ކަމަށް ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައިއިލެކްޝަން ޕީޕީއެމްއިން ކާމިޔާބު ކުރުމާ ގުޅިގެން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، އިންޑިއާ އައުޓް ކެންޕެއިނާ ދެކޮޅު ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތަށް ފުލުހުން ހުރަސް އެޅުމުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮށް އިދިކޮޅުން އިއްޔެ ބޭއްވި "ނޭވާހޮޅިއަށް" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފައި ވަނީ، އެ މުޒާހަރާއަކީ ސުލްހަ ނަގައިލާން ބާއްވާ ހަރަކާތެއް ކަމަށް ބުނެއެވެ. އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، ސުލްޙައާއި މަސްލަހަތު ނަގައިލަނީ ފަސްގަނޑުގެ ހިމާޔަތުގައި ކަމަށެވެ.

"ދިވެހިންގެ ފަސްގަނޑު ދިވެހިންގެ އަތުގައި އޮތުމަށް ޓަކައި، ސުލްޙައާއި މަސްލަހަތު ނަގައިލާން ޖެހިއްޖެ ކަމަށް ވަންޏާ ނަގައިލާނެ، މި ޕާޓީން ނަގައިލާނެ." ރައީސް ޔާމީން ވިދާޅުވީ، ދިވެހިންނަށް އިންޑިއާއަކީ މުހިންމު ޤައުމެއް ކަމަށާއި ނަމަވެސް ދިވެހިންގެ މިނިވަންކަމަށް ވުރެ ބޮޑު އެއްޗެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބިމުގެ މުޤައްދަސްކަމަށް ވުރެ، މުހިންމު ކަމެއް ނޯންނާނެ. އަޅުގަނޑުމެން މި އުޅެނީ ވަކި ބަޔަކަށް ޖިޒީ ދައްކައިގެންނެއް ނޫން. އަޅުގަނޑުމެން މި އުޅެނީ އިންޑިއާއިން ގެންނަ ފީ ބިސްކޮޅު ބޭނުން ވެގެނެއް ވެސް ނޫން. އަޅުގަނޑުމެން މި އުޅެނީ އިންޑިއާއަށް ދަރައި ވިކިގެނެއް ވެސް ނޫން."

ސުލްހަ ގެއްލޭ ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ތަފާތު ފިކުރުތަކުގެ މީހުން ނިކުމެ ޕާޓީ ހަދާ ހިސާބުން ސުލްހަ ގެއްލޭ ކަމަށެވެ. އަދި މިއަދުގެ ދުނިޔޭގައި އެއް ޚަލީފާއެއްގެ ބާރުގައި އެންމެން ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ސުލްހަ ގެއްލޭ ކަމަށް ވަންޏާ ސުލްހަ ގެއްލެންވީ، އަޅުގަނޑުމެން އަމިއްލައަށް ވިސްނަން ވާނެ، އެ ގެއްލޭ ސުލްހައަކީ، ސިޔާސީ ފިކުރު ކަފިވާ ހިސާބުން، ސިޔާސީ ޕާޓީ އުފެއްދޭ ކަމަށް ވަންޏާ، އެ ގެއްލެނީ ސުލްހަ. އެންމެންނެއް ނުތިބޭނެ އެއް ޚަލީފާއެއްގެ ދަށުގައެއް." ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ރާއްޖޭގައި އިންޑިއާއަށް ޖާގައެއް ނެތް ކަމަށާއި އިންޑިއާ މިލިޓަރީ ރާއްޖެއިން ބޭރުވާން ޖެހޭ ކަމަށެވެ.

"އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭކަށް ޖާގައެއް ނެތޭ. އެހެންވީމަ އައުޓް ވާން ޖެހޭނީ އިންޑިއާގެ އަސްކަރިއްޔާ."

  1. ބޭބެ

    ތިޔަކަލޭގެމަންމަވެސް ޒިންމާނަގަން ޖެހޭ ނެދުވަހެއް އަންނާނެ
    ސަބަބަކީ މުޑުދާރުއަނިޔާވެރި ޖާހިލެއް ތަރުބިއްޔަތު ކުރެވުނީތީ!