Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްޑީޕީގެ ވިޕާ ގުޅޭ ގޮތުން އިންތިގެ ބަސް: މައިނޯރިޓީގެ އަޑު ވެސް އިއްވެން ޖެހޭނެ

އެމްޑީޕީގެ ވިޕާ ގުޅޭ ގޮތުން އިންތިގެ ބަސް: މައިނޯރިޓީގެ އަޑު ވެސް އިއްވެން ޖެހޭނެ

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓުތަކަށް ވިޕްލައިން ނެރެފައި އޮއްވައި ބައެއް މެމްބަރުން ވިޕާ ޚިލާފަށް އިދިކޮޅުން ބޭނުންވާ ގޮތަށް ވޯޓު ދޭ މައްސަލައިގައި އެކަން އެމްޑީޕީގެ ޗެއަރކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ދިފާއު ކުރައްވައިފިއެވެ.

"ދެން"އަށް ދެއްވި ޚާއްސަ އިންޓަރުވިއެއްގައި އިންތި ވިދާޅުވީ، އެމްޑީޕީއަކީ ސްޕަ މެރޯޖިޓީއެއް ލިބުނަސް އަބަދު ވެސް މައިނޯރިޓީގެ ޙައްޤުގައި ވެސް ވަކާލާތު ކުރަމުން އައި، އަދި ކުރާނެ ޕާޓީއެއް ކަމަށެވެ. އަދި މައިނޯރިޓީ ޕާޓީއެއް ކަމުގައި ވިޔަސް، އިދިކޮޅު ޕާޓީއެއް ކަމުގައި ވިޔަސް، ސައްޙަ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެކަމަށް ބަހުސް ކުރުމުގެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީއިން އަބަދުވެސް ވަކާލާތު ކުރަނީ، މައިނޯރިޓީގެ ޙައްޤު ވެސް ދޭން ޖެހޭނެ ކަމަށް. މިއީ އެޖެންޑާ-19ގައި ދެއްކި ވާހަކަ. ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އައުމުގައި، ސްޕަ މެޖޯރިޓީ ލިބުނީމަ، އަޅުގަނޑުމެންގެ ބާރުވެރިކަމެއް ނޫނޭ ހިންގަން ޖެހޭނީ، އެހެން ނަމަވެސް މައިނޯރިޓީގެ އަޑު ވެސް އިއްވަން ޖެހޭނޭ، ބަހުސް ކުރުމުގެ ފުރުސަތު ވެސް ދެއްވަން ޖެހޭނޭ" އިންތި ވިދާޅިވިއެވެ.

Advertisement
HDC — Sidebar (box)

އެމްޑީޕީގެ ބައެއް މެންބަރުން އެންމެ ފަހުން އެމްޑީޕީގެ ޕީޖީއިން ނެރުނު ވިޕަކާ ޚިލާފުވެފައި ވަނީ، ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށްކަމަށް ބުނެ، އިދިކޮޅުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހުށަހެޅުއްވި މައްސަލައިގައެވެ.

މި މައްސަލައިގައި ޕީޕީއެމްއާ އެއްކޮޅަށް ވޯޓް ދެއްވައިފައި ވަނީ، މަޖިލީހުގައި ތިއްބެވި އިންތިއަށް ތާއީދު ކުރައްވާ މެންބަރުންނެވެ. މި މައްސަލަ ހުށަހެޅިއިރު، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުންނެވީ، އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ހޯއްދެވުމަށް ލާމު އަތޮޅަށް ކުރެއްވި ދަތުފުޅުގައި ބައިވެރިވެވަޑައިގެން އެ އަތޮޅުގެ ރަށްރަށުގައެވެ.

ވިޕްއާ ޚިލާފުވި މައްސަލައިގައި، އިންތި އިތުރަށް ވިދާޅުވީ، ވިޕް ނެރެފައި ވަނީ ވޯޓް ލެއްވި ފަހުން ކަމަށެވެ. އަދި އެމްޑީޕީގެ ވިޕް އަޅުއްވާ މެމްބަރުންނަށް ފާޑުވިދާޅުވިއެވެ.

"ވިޕް ނެރުމަށް ތިއްބަވާ ބައެއް ބޭފުޅުން، ގިނަ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހެނދުނުގެ ދަޅައިގައި ވަޑައި ނުގަންނަވާތަން ފެންނަނީ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއްކަންކަން ހިނގާ ގޮތުން، އެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް