Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ވިޔަފާރި

ބަހުގެ ޚިދުމަތާ އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ: ރައީސް ޞާލިޙް

ބަހުގެ ޚިދުމަތާ އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ: ރައީސް ޞާލިޙް

މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިފްތިތާޙްކުރި އާރްޓީއެލް ބަސްތަކުގެ ޚިދުމަތް ފެށުމާ އެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 'އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް' މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް ތަޢާރުފުކުރުމަށް މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާރްޓީއެލްގެ ބަސްތައް ރަސްމީކޮށް ތަޢާރަފްކޮށްދެއްވައިފައެވެ. މިގޮތުން ގްރޭޓަރ މާލެ ރީޖަންގެ ޓްރާންސްޕޯޓް ލިންކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އެމްޓީސީސީއިން ވަނީ 86 ފަސިންޖަރުންގެ ޖާގައިގެ 15 ބަސް ގެނެސްފައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއިި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރާއި، އެމްޓީސީސީގެ އިސް ވެރިންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

Advertisement
Allied — Dhen Online (box)

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުން އެތަނުގައި ވަޒަންވެރިވިއިރު ދޭންޖެހޭ އެތަކެއް ޒަރޫރީ އަދި އަސާސީ ޚިދުމަތްތައް ލިބެން ނެތް ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން ދަނީ އެ ކަންކަން ފުރިހަމަ ކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިރޭ އިފްތިތާޙްކުރެވުނު ބަހުގެ ޚިދުމަތަކީ ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތެއްކަމުގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް