ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުން ހައްގުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވެފައި ވަނީ, ރައީސް ޞާލިހު އިތުރު ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް އެހައި ރަނގަޅު ގޮތެއް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އިކްރާމް ވިދާޅުވީ ރާއްޖޭގެ ޅަ ޑިމޮކްރެޓިކް ހަޔާތުގައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުން ''ހައްގު'' ވާނެ ކަމަށެވެ.
ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުން ''ހައްގު'' ވާނެ ކަމަށް އިކްރާމް ގަބޫލުކުރައްވާ ސަބަބުތައް ބަޔާންކުރައްވަމުން ވިދާޅުވީ ރައީސް ޞާލިހަކީ ފިއްތުންތަކަށް ނުގުޑާ, ގައުމަށް ފައިދާ ހުރި ހެޔޮ ވެރިކަމެއްކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ކޮވިޑްގެ ނުރައްކާތެރި ދަނޑިވަޅުގައި ރާއްޖެ ސަލާމަތްކޮށްދެއްވީ ރައީސް ޞާލިހު ކަމަށް ވެސް އިކްރާމް ގަބޫލުކުރައްވައެވެ.
ތިންވަނަ ސަބަބެއްގެ ގޮތުގައި އިކްރާމް ފާހަގަކުރެއްވީ ތަރައްގީ ނުހުއްޓި ހިނގުމެވެ.
އާސްކް ސްޕީކާގެ ފަސްވަނަ ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެތެރޭގެ ކަންކަން ހިނގަމުންދާ ގޮތަށާއި ރާއްޖޭގެ މިހާރުގެ މަޝްރަހަށް ބަލާއިރު ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތި ނުލެއްވުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ހުދު އެ މަނިކުފާނަށް ވެސް އަދި ރައީސް ޞާލިހަށް ވެސް ދެވަނަ ދައުރެއް ދޭން ރައްޔިތުން ނުރުހޭކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ހައްގުވަނީ.މިހާރުގައުމުގާއެތްވެސް އާރެއްބާރެއްނެތް ދެވަނަދައުރުދީފިނަމަ ފައިދޮށުގާމިވާވެލިކޮޅުވެސް ދެން ނުހުންނާނެ އަދިވެސް އިނސާފަންބޯހިތްލާލާކަންނުވޭތަ ަމިއްލަ އާއިލާއަށްޓަކާ ގައުމަށްޓަކާ އިސްލާމްދީނަށްޓަކާ ލޯބިވާވަތަނަށްޓަކާ ދެން ލޯބިން ހޯދަދޭނވިއްޔާ ސީދާތެދުމަގުދައްކަވާތޯ އަދި ތިމާއަށްވެސް ލިބޭތޯ ދުއާނުކުރަންވީކަމަކީ އުހުރަވީހަޔާތުގާ މާމަތީ ދަރަޖަ ލިބޭނެނު انشاالله