ރައްޔިތުން މިއަދު ގަބޫލުކުރަނީ ދެން މި ޤައުމު ސަލާމަތްކޮށް އަލުން އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވޭނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ކަމަށާއި, އެ ފަދަ ދެވަނަ ލީޑަރެއް ރާއްޖޭ ސިޔާސީ މައިދާނުން ފެންނަން ނެތްކަމަށްކަން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
''ހަވާލޭ ވަޠަން'' ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ ޢަބްދުއްރަޙީމެވެ.
އެކަމާ ގުޅިގެން ރައީސް ޔާމިނަށް މަރުހަބާ ދަންނަވައި ޢަބްދުއްރަޙީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ޤައުމު ދުވަހަކު ވެސް ތަޖުރިބާކޮށްފައިނުވާ ފަދަ ހިތްދަތި ހިތާމަވެރި އަދި ނުރައްކާތެރި ހާލަތެއްގައި އޮއްވައި, ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ''މަނިކުފާނު ތިޔަ ހަވާލުވެވަޑައިގެންނެވީ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތަކާ ކަން ކަށަވަރު'' ކަމަށެވެ.
ނަމަވެސް ރައީސް ޔާމިން އަބަދުވެސް ތަކުރާރު ކުރައްވަމުން ގެންދަވަނީ ދިރުމެއް އޮތިއްޔާ އުންމީދެއް ވާނެކަމަށް ކަމަށާއި, އަދި އެކަން އެ މަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާފައިވާކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
''މިއަދު ރައްޔިތުން ގަބޫލުކުރަނީ ދެން މި ގައުމު ސަލާމަތްކޮށް އަލުން އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވޭނީ މަނިކުފާނު ފަދަ ތަޖުރިބާކާރު, ހިތްވަރުގަދަ, ކެރޭ ވަޠަނީ ލީޑަރަކަށް ކަމަށް. އަދި މަނިކުފާނު ފިޔަވައި އެ ފަދަ ދެވަނަ ލީޑަރެއް ރާއްޖޭ ސިޔާސީ މައިދާނުން ފެންނަން ނެތްކަމަށް.'' ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ޔާމިން ވަނީ ރައްޔިތުންގެ އުންމީދުތައް އައުކޮށްދެއްވައި, ހަވާލުކުރެއްވި ވަރުގަދަ މަސްއޫލިއްޔަތު އުފުލަން ތައްޔާރަށް ހުންނެވިކަމަށް ވެސް ވިދާޅުވެފައެވެ.
މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !