ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ''ދަ ޕްރިންޓް'' އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޝާހިދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ކޮށްދެއްވަވާފައިވާ ރަނގަޅު ކަންކަން ރައްޔިތުން ބަލައިގެންފައިވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ބޭއްވި ''އާސްކް ސްޕީކާ'' ގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި, ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓަށް ރުކުން ހަމަވާ ބޭފުޅަކީ ޝާހިދު ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް ރައީސް ޞާލިޙް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފައެވެ. އަދި ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އެ މަނިކުފާނުގެ ވިސްނުންފުޅުހުރީ ކޯލިޝަނެއްގެ ތެެރެއިން ވެރިކަމަށް ވަޑައިގަތުމަށެވެ.
ބަލަ އަބުދު ﷲ ޝާހިދު އދ ގެ ރައީސުގެ ހައިސިއްޔަތުން އިންޑިޔާއަށްގޮސް ދިވެހިންގެ ދާހިލީ ކަންކަމުގެ ވާހަކަދައްކާ ސިޔާސީ ޕާޓިއަކަށް އެއްޗެހި ގޮވަނި އެއީ އދ ރައީސް ޑިޕޮލަމެޓިކް ހައިސިއްޔަތުން ކުރެވޭނެ ކަމެއްތޯ ؟ އދ ގެ ޗާޓަރާއިވެސް ހިލާފް ކަމެއް ޑިޕޮލަމޭޓުން ސިޔާސީ ވުމަކީ !
ޑިޕޮލަމެޓިކް މީހަކު ތިޔަގޮތަށް ވާހަކަ ދެއްކީމާ ވަރަށް ހުތުރު !
ޑިޕޮލަމޭޓަކް ދެން ޤައުމަކަށްގޮސް ބޮޑު ސިޔާސީ އެކްޓިވިސްޓަކަށް ވެގަތީމާ ދެން ވަރަށް ހުތުރު ނުންތޯ ! އަމުދުން އދ ރައީސުގެ ހައިސިއްޔަތުން ގޮސްފަ ހުންނަ މީހަކު އޭނާ ނިސްބަތްވާ ޤައުމަށްވެސް ލިބޭނެ ބޮޑު ހުތުރެއް !