ޚަބަރު ސިޔާސީ

ޕީޕީއެމްއާއެކު ކުރެވުނީ ހިތި ތަޖުރިބާއެއް, މި ފަހަރު ކޯލިޝަން ހަދާނީ ރައްޔިތުންނާއެކު: އެމްޑީއޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކުރީގެ ރައީސް ޔާމީނާއި ނައިބު ރައީސް އަދީބު އަދި ސަން ސިޔާމް

އެމްޑީއޭއިން މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާނީ ސީދާ ރައްޔިތުންނާއެކުކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by STELCO

ސަންގު ޓީވީގެ ''ޚަބަރަށްފަހު'' ޕްރޮގްރާމުގައި އެމްޑީއޭގެ ނައިބު ލީޑަރު ޢަލީ މަޢުރޫފް ވިދާޅުވީ 2013 ގައި ޕީޕީއެމްއާއެކު ހެދި ކޯލިޝަނުން ކުރެވުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށެވެ. ހެދި އެއްބަސްވުންތަކާ އެއްގޮތަށް ކަންތައް ވެސް ނުވި ކަމަށާއި, އެހެންވެ 2018 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ބައިވެރިވާން ބޭނުންނުވީ ކަމަށެވެ.

އެހެންކަމުން މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާނީ ސީދާ ރައްޔިތުންނާއެކުކަމަށް މަޢުރޫފް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދައިކަމަށް, އެ ޕާޓީގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވެސް ވަނީ ވިދާޅުވެފައެވެ. ސިޔާމް ވިދާޅުވެފައިވަނީ އެ ޕާޓީގެ އަމާޒަކީ ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ.

Ads by Allied Insurance
  1. ތީ ވަރަށް ރަގަޅު ސަތޭކައިގެ ވާހަކައެއް މިއުޅޭ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިންނާއި އެކު ކޯލީޝަން ހަދައިފިނަމަ ހަމަ ކޮންމެ އިރައްގައިވެސް ދޯކާ ދީފާ ލޮޓީދޭނެ! އެންމެ ރަގަޅީ ހަމަތިގޮތަށް ސީދާ ރައްޔިތުމީހާޔާއި އެކު ބޮޑު ކޯލީޝަނެއް ހެދުން އެންމެ ބޮޑު ވާނީ ރައްޔިތު މީހާގެ ކޯލީޝަން !

  2. ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ވާނީ ސީދާ ރައްޔިތުންނާއި އެކު ކޯލީޝަން ހަދާ ހަމައެކަނި ޕާޓީ އެމްޑީއެން ޕާޓީއަށް ﷲ ގެ ވަޤިފުޅާއިއެކު އެމްޑީއެމް ޒިންދާބާދު !