ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ފުރާވަޑައިގެންފި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއް ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ހުންނަވަނިކޮށް, އޭނާއަށް އަމާޒުކޮށް މީހަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އޭނާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27 ގައެވެ.
މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި, ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ތިމާޔަށް ފައިދާއެއް ލިބެން އޮތިއްޔާ އެތަނަކަށް ބޯ ކޮށްޕާނެ !