ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އެމްއެންޕީ ވުޖޫދުގައި އޮންނަނީ ޕީޕީއެމްގެ މެންބަރުން ވަގަށް ނަގައިގެން: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ މަޖިލިސް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ބޮޑެތި ޕާޓީތަކުގައި ތިބޭ މެންބަރުން ވަގަށް ގެންގޮސްގެން ވުޖޫދުގައި އޮންނަ ޕާޓީއެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ޕީޕީއެމްއަށް މިއަދު ވަންނަ މެންބަރުން މާދަމާ ބަލާލާއިރު ޕާޓީއަކު ނޯންނަ ކަމަށެވެ. އަދި އެމްއެންޕީ ކަހަލަ ކުދި ޕާޓީތަކުން ޕީޕީއެމްގެ މެންބަރުން ''ކަހާލައިފައި'' ވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

''އަޅުގަނޑުމެން މި އުޅެނީ އަޅުގަނޑުމެން ޕާޓީއަށް ވައްދާ މީހާ ދެވަނަ ދުވަހު ބަލާލާއިރު އެ މީހާ ނޯވޭ ޕާޓީއަކު. އެމްއެންޕީ ކަހަލަ ކުދި ޕާޓީތަކަށް އޮންނަނީ އަޅުގަނޑުމެންގެ މެންބަރުން ކަހާލާފަ.''

''އެމްއެންޕީގެ ވަރަށް ބޮޑު އެޖެންޑާއެއް އެއީ ބޮޑެތި ޕާޓީތަކުގަ ތިބި މެންބަރުން ވަގަށް ގެންގޮސްގެން އެ ޕާޓީ ވުޖޫދުގަ ބޭއްވުން. ހަމަ ވަގަށް ގެންދަނީ. އަޅުގަނޑު ތަކުރާރުކުރާނަން މި ވާހަކަ. އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ވަގަށް ގެންގޮސްފަ ތިބި ބޮޑު އިންސައްތައެއް މި އޮތީ އެންއެމްޕީއަށް ގެންގޮސްފަ.''

ޝިޔާމް ވިދާޅުވީ އެކަމެއް އެ ކުރަނީ އިލެކްޝަން ކޮމިޝަން ތެރެއިން ކަމަށެވެ. އަދި އެ ގޮތަށް ޕާޓީތައް ހިންގަން ދޫކޮށްލައިގެން އީސީން ތިބޭނަމަ މި ނިޒާމަށް އޮތް އިތުބާރު ގެއްލިގެންދާނެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

Ads by HDC
  1. ޕީޕީ

    ކިހާބޮޑުކަމެއް! އެމްޑީޕީ ވެސް ދެން ތިކިޔާ އެހެން ޕާޓީތައްވެސް ވުޖޫދުވަނީ މިކިޔާ ވަގު ފިޔާތޮށި ބައިގަނޑުން މީހުން ވަގަށް ނަގައިގެނޯ!! މިކަމުން އެގެނީ ޕީޕީއެމްގަ ތިބީ ފައިސާއާ ހެދި ހޭބަލިވެފަ ތިބި ވަގުންތަކެއް ކަން…