ހެއްކާބެހޭ ޤާނޫނު އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ ބިލު ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ބިލަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ޤާނޫނުގައި މާނަކުރުން ހިމެނެއެވެ.
އަދި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނެއެވެ.
މިހާރު މިރާވަނި އޮފިސްތަކުން މައުލޫމަތު ހާމަކޮށްދޭފަރާތް ހޯދުމުގެ ޕްލޭން.
މިހާރު މިރާވަނި އޮފިސްތަކުން މައުލޫމަތު ފޯރުކޮށްދޭފަރާތް ހޯދުމުގެ ޕްލޭން.