ޚަބަރު ރައްޔިތުންގެ މަޖިލިސް

މަރު ކޮމިޝަން ދިޔައީ ގޮހޮރަށް ކައިގެން، ކުރެވުނު މަސައްކަތެއް ނެތް: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ މަޖިލިސް

މަރު ކޮމިޝަނުން މިހައިތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ގޮތްނޭގޭ ގޮތަކަށް މަރުވެފައި އޮތްވާ ފެނުނު މުހައްމަދު އަޒުހާންގެ މަރާ ގުޅޭގޮތުން އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މި މައްސަލައަށް ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ މަރުކޮމިޝަނަށް ވީއެއްވެސް ކަމެއް ނެތް ކަމަށާއި ކޮރަޕްޝަންގެ މައްސަލަ ބަލަން އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށެވެ.

“މަރުކޮމިޝަން އެސެޓް ރިކަވަރީ ކޮމިޝަން ދިޔައީ ގޮހޮރަށް ކައިގެން. ކޮން ކަމެއްތޯ ކުރެވުނީ؟ ކުރެވުނު މަސައްކަތް ޒީރޯ. ދަޢުލަތުން ރައްޔިތުންގެ ފައިސާ ކެއުން ނޫން ކަމެއް ނުކުރޭ” ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މިސަރުކާރުންވެސް ހެޔޮ ނިޔަތެއް ނެތްކަމަށާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެއްވެސް މީހަކަށް އިންސާފު ލިބިފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މަޖިލީހުގެ ރައީސް ވެސް ހުންނެވީ ކޮމްޕްރޮމައިޒްވެވަޑައިގެން ކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑަށް މިހާރު ހީވަނީ މަޖިލީހުގެ ރައީސް ވެސް ހުންނެވީ ކޮމްޕްރޮމައިޒް ވެފައި ހެން. ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން މަނިކުފާނު ތިއިންނެވީ ކޮމްޕްރޮމައިޒްވެފައި” ޝިޔާމް ވިދާޅުވިއެވެ.

Ads by HDC
  1. ކޭބަޔަކު ހޯދަން ކޭބަޔަކު އުޅެގެން ކޭބަޔަކު ފެންނާނެތޯ ؟