ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރި އާ ރަންވޭއަކީ ރައީސް ޔާމީންގެ ވެރިކަމުގެ މަސައްކަތެއް ކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިފަދައިން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2018 ވަނަ އަހަރު ނިންމި ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ.
ޒައިދު ވިދާޅުވީ ރަންވޭ އެޅީ މިދިޔަ ވެރިކަމުގައި ކަމަށާއި މިހާރު ހުޅުވައިގެން އުޅެނީ ދެވަނަ ފަހަރަށް ކަމަށެވެ. އަދި “ކޮންމެ މަސައްކަތެއްކުރި މީހަކަށްވެސް އެމަސައްކަތެއްގެ ކްރެޑިޓް ދިނުމަކީ އަމާނާތްތެރި ޢަދުލުވެރި ގޮތް” ކަމަށް ޒައިދު ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަކީ އޭ 380 މަތިންދާބޯޓަށް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އެ ރަންވޭ 2018 ގައި ހުޅުވާފައި ވަނިކޮށް މި ސަރުކާރުގެ އިސްވެރިން ވަޑައިގެން އަލުން ހުޅުއްވައިދެއްވުމުގެ ސަބަބުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ދީނީގޮތުން އާރަންވޭ ސިފަކޮށްފި
މިގައުމުގާމިއޮތީ ވަރަށް ދޮގުވެރި ކެހިވެރި ހަސަދަވެރި އޮޅުވާލާ މަކަރުހަދާ އަމިއްލަ އެދުންބޮޑު ޢައްދާރުންގެ ސަރުކާރެއް،
ރޔާމީން މިގައުމަށް ގެނެސްދެއްވާފަހުރި ހުރިހާ ތަރައްގީއެއް އެންމެންގެ ލޯމައްޗަށް ފެންނަނަ ހުރެ އެންމެނަށް ޔަގީންވާއިރުުެސް މި ނާގާބިލު ނުކުޅެދޭ އަމުދުން ގައުމަށް ތަރައްގީގޮތުން އެއްވެސް ހަރުދަނާ ބޮދު ތަރައްގީއެއް ގެނސް ނުމެދީ ތިބެމެ ރޔާމީން ގައުމަށް ކޮށްދެއްވާފާވާ ބިޔަ ބޮޑެތި މާސިންގާ ތަރައްގީތައް ފޭރެން އުޅުމަކީ ރއިބުރާހިމާ ކޯލިސަނުގެ ޕާޓުނަރުން ލަދު ކުދަ ހަޔާތްކުޑަ ގޮތެއްފޮތެއްނެތްކަމުގެ ލާމަސީލު މިސާލެއް،
ރޔާމީނަށް މި ގޮތެއްފޮތެއްނެތް ސަރުކާރުން އެވޯޑެއް ނުދިނަކަށް މުޅި ދުނިޔެވެސް އެމަނިކުފާނަށްޓަކާ ފަޚުރުވެރިވޭ، އެވޯޑުވެސް ދޭ، މުޅި ދުނިޔެވެސް ރޔާމީންގެ ތަރައްގީ ފަޚުރުވެރިކަމާއެކު ބަލައިގަނޭ، އަދި އެމަނުކުފާނުގައުމަށް ކޮށްދެއްވި ތަރައަގީގެ ހެއޮދަރުމައާއި އަޖުރު މާތްﷲ އެމަނިކުފާނަށް ދެއްވާނެ، އިންޝާއަﷲ.