ޤާސިމަކީ ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ފައިސާ ހޯއްދެވި ބޭފުޅެއްނޫން: އަމީން
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ފައިސާ ހޯއްދެވި ބޭފުޅެއްނޫން ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
އަމީން އެހެން ވިދާޅުވީ ޤާސިމަކީ ރައްޔިތުންގެ ފައިސާގައި ވިޔަފާރިކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި, އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަށް ބިރުދައްކަވައިގެން ފައިސާ ހޯއްދަވާ ބޭފުޅެއް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވުމާ ގުޅިގެން ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
އަމީން ވިދާޅުވީ ބައެއް މީހުންނަށް ސިޔާސީ މަސައްކަތަކީ ޕާޓީ ރުއްސަން އެހެން މީހުންގެ އަގުވައްޓާލައި ކަރާމަތް ނަގައިލުމަށް ލެއްވިހާ ދޮގަކާއި ހަޑިހުތުރު ބަސްތައް ގޮވުން ކަމަށެވެ. އަދި އެފަދަ މީހުންނަށް ހީވާނީ އެހެން އެންމެން ވެސް ފައިސާ ހޯދާނީ އޭނާ ކަންކުރާ ގޮތަށް ވައްކަމާއި އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޤާސިމަކީ ބުރަ މަސައްކަތުން ވިޔަފާރި ކޮޅަށް ޖައްސަވައި އޭގެ ނަފާ ބޭނުންޖެހިފައިވާ މީހުންނަށް ދެއްވައި އުންމީދު ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. މުޅި ޢުމުރު ރައްޔިތުންގެ ފައިސާއިން ނަހަމަ މުއްސަނދިކަން ހޯދަމުންދިޔަ މީހުން ނަފުރަތާއި ފިތުނަ ފިޔަވައި ރައްޔިތުންނަށް ދިއްކޮށްލި އެއްޗަކީ ކޮބައިތޯ ވެސް އަމީން ސުވާލު ކުރެއްވިއެވެ.
ޢެކަމަކު ސަރުކާރަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ހުރުމަކީ ޚިޔާނާތެއް ނޫންބާ އެއީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުން ނޫންބާ
އަޑުއަހާ. 1. ތެލުގެ ވިޔަފާރި ފަށައިގަތް އިރު ކުރި ގޮތް ފެންނާނެ މީހުން ބާޒާރުގައި އަދި އުޅޭނެ. ވައްކަން ނުކުރޭތޯ އަހާލާ. 2. ޓޫރިޒަމް ޓެކްހަށް މަކަރު ނަހަދާތޯ 3. 50 އަހަރަށް ރިޒޯޓްތައް ނެގީ ރައްޔިތުންނަށް ހިއްސާ ވިއްކަން އެއްބަސް ނުވެތޯ 4. މީޑިއާ ނެޓް މޮނޮޕޮލީ ކޮށްގެން ރައްޔިތުން ދިޔަ ފެލައިނުލަންތޯ. 5. ހޯޑެއްދޫ ފެކްޓްރީއާއި ކާޑެއްދޫ އެއަރޕޯޓް ނަގައިގެން ރައްޔިތުންނަށް އަނިޔާވެރި ނުވޭތޯ 5. ހުޅުމާލެއިން ބިމެއް ނަގައިގެން ފްލެޓް އަޅާނަމޭ ކިޔައިގެން މަކަރު ހަދައިގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެތޯ. އަދިވެސް އަދިވެސް
ކަލެއައްލައްކަހަރަދު ކޮއްފި ގާސިމް އެކަމަކު ނޭގެ ކިތައްދުވަސް ވާނެކަމެއްޕާޓީގަ ،ތިހެން އުޅުނުގޮލައެއް ސައީދުއަކީވެސް މިހާރު އެހުރީ ފިނިފެންމަލެއް ލިބިފަ
ކޮއްކޯ، ރޯމާ ދުވާލު ތި ވަރުގެ ދޮގެއް ކަލެޔަށް ހެދޭނީ….