ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނިވަޑައިނުގަންނަވާ ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސް މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އިލްޔާސް ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި އެކަމުގެ މަޝްވަރާ ނުކޮށް ކުއްލިޔަކަށް ޓެކްސް ބޮޑު ކުރަން ނިންމުމުން އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާ އަށް ކުރާނެ އަސަރާއި ރައްޔިތުންނަަށާއި ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރުގެ ތަފާސްހިސާބު މަޖިލީހަށް ގެންނަން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އަދި މިހުރިހާ ކަމަކާ ގެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ގެންނަން ބޭނުންނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މިހާރުވެސް ފެންނަނީއިސްތިއުފާދޭން ނަސީދުމާރަގަޅެއްނު ނުކުރެވޭނެކަންއެގުނީމަ ރާޖޭންބައެތް ނުދީ އިސްތިއުފާދީފިވިއްޔަ ނަސީދުދެރައީ ސޯލިހުވެރިކަމަށްލާންއެދުނީމަ