ރައީސް ނަޝީދު ވެރިކަމަށް އަންނަން ބޭނުމިއްޔާ އަދިވެސް ބަހައްޓާނީ ވެރިކަމުގަ: ބޮންޑޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ވެރިކަން ބޭނުންފުޅުވާނަމަ ރައީސް ނަޝީދު ވެރިކަމުގައި ބަހައްޓަވާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައްވައި އެމްއެންޕީގެ ރައީސް, ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފެކްޝަނުގެ ބައެއް މެންބަރުން ވަނީ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދަށް ބަސްތައް އަމާޒުކުރައްވައިފައެވެ.
ބޮންޑޭ ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހިރާއްޖެއިން ސްޓޭންޑް ބަދަލުކުރި މައްސަލައަކީ ވަރަށް ބޮޑެތި މައްސަލަ ކަމަށާއި, ރައްޔިތުންނަށް އެކަން ސާފުވާންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ސާފުވާންޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ދެކުނުގެ މަސްކަނޑު ގެއްލިގެންދިއުން ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުންގެ އަތުން އެ މަސްކަނޑު ގެއްލިގެންދާއިރު މަޖިލީހުގައި ތިބި ބައެއް މެންބަރުންގެ ކަންބޮޑުވުމެއް ނެތްކަމަށް ބޮންޑޭ ވިދާޅުވިއެވެ
''އެހެން ނަމަވެސް ދިވެހިރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު މަސްކަނޑު ގެއްލިގެން ދިވެހި ރައްޔިތުންގެ އަތުންދާއިރުގައި މި މަޖިލީހުގައި ތިބި ބައެއް މެންބަރުން ކަންބޮޑުނުވެ އެބަ ވާހަކަދައްކާ އެ މީހުންނަށް މި އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ސަރުކާރުން ފައިސާތަކެއް ދީގެން އެ މީހުން ދެވަނަ ދައުރަކަށް ހޮވާ ގޮތަށް.''
އަދި އެކަން ބޮޑުކަމަކަށްނުވެ ސަރުކާރު ދިފާޢުކޮށް ވާހަކަ ދައްކަވަނީ އެ ނިޔަތުގައި ކަމަށް ބެލެވޭކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
''އެހެންވެ އެ ނިޔަތުގަ ކަން ނޭނގެ އަޅުގަނޑަށް ހީވަނީ އެ ވާހަކަ ދައްކަނީ. މިތާކު ނޫޅޭ ރައީސް ނަޝީދު ވެރިކަމަށް އަންނާކަށް. ރައީސް ނަޝީދު ވެރިކަމަށް އަންނަން ބޭނުމިއްޔާ އަދިވެސް ބަހައްޓާނީ ރައީސް ނަޝީދު ވެރިކަމުގަ.'' ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނުއަސަސީގެ 109 ވަނަ މާއްދާގަ ބުނާގޮތުން ވަގަކަށް ރާއްޖޭގެ ވެރިކަމަށް ނާދެވޭނެ.
ވެރިކަންބޭނުންވިޔަސްވެރިކަމެއްނުލިބޭނެމާތްﷲއިރާދަކުރެއްވިމީހަކަށްވެރިކަންލިބޭނީތިހެންގަދަބަސްބުނެއުޅޭމީހުންއުޅޭ
މަގުމަތިން ބުޅަލެއްހޮވާފަ ވެރިކަން ހަވާލުކުރިޔަސް އެކަން ވާނޭ ހީކުރި މީހުން އަލުން ވިސްނާންޖެހެނީ މިހެންވެ. މިނަށްވުރެން ގަމާރުވީމާ ނޭނގޭނެ ލައިގެން ހުންނަ ސޯޓު ބޭލޭ އިރުވެސް.
އެހެންތަ؟ ކަލޯގެ އަމާ ގެބަފާގެ ދަރިންތަ މިރާއްޖޭގަތިބީ
ބިްިގެން ނަށަންދޭބަލަ ދުވަހަކުވެސް މިރއްޖޭގެވެރިކަން
ﷲއިރާދަކުރެއްވިްޔާ ކެނެރީ ހައްޕުނޑަށް ޙަރާމް!
ކަލޯ މޮޔަވާން ޖެހޭނީ އެގޮލާ މިރާއްޖޭގެ ވެރިކަމަށް ގެންނަން.