ޚަބަރު ސިޔާސީ

ރިޔާސީ ކެންޕެއިނަށް ރައީސް ޔާމީން އައްޑުއަށް!

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

Ads by STELCO

ރައީސް ޔާމީން އައްޑުއަށް ވަޑައިގަތީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އެ މަނިކުފާނު ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އެއާޕޯޓަށް ޖަމާވެފައެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ގޮތުންނާއި އެ މަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކާ ގުޅޭ ޝުޢޫރުތައް ފާޅުކޮށްފައިވާ ބެނާތައް ވެސް ވަނީ އެ ސަރަހައްދުގައި ދަމައިފައެވެ.

ރައީސް ޔާމީން މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ފޭދޫ, މަރަދޫ, މަރަދޫފޭދޫ, ހިތަދޫ, ހުޅުދޫމީދޫ އަށް ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީން އައްޑުއަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ 04 ވަނަ ދަތުރުފުޅެވެ. ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެ މަނިކުފާނު ފުރަތަމަ ވަޑައިގަތީ ދ.ކުޑހުވަދުއަށެވެ. ދެވަނަ ދަތުރުފުޅު ކުރެއްވީ ހއ .އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެއަށްފަހު ދެން ވަޑައިގަތީ ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްސަދުތަކުގެތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރުމާއި, ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!