ޚަބަރު ސިޔާސީ

މިއަދު ހަތަރުދަމު ރައީސް ޔާމީންގެ ޝަރީޢަތް ހިންގަނީ 4 އަހަރުގެ ނާކާމިޔާބީ ފޮރުވަން: ހީނާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ޕީޕީއެމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުﷲ ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތް މުޅި ދުވަހު ހިންގަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސަރުކާރުގެ 04 އަހަރު ދުވަހުގެ ނާކާމިޔާބީ ފޮރުވުމަށްޓަކައި ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް ކުރިއަށް މި ގެންދަނީ ރައީސް ޞާލިޙްގެ ސަރުކާރަށް 04 އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ. މިއަދު ފެށި އަޑުއެހުން އަދި ނިންމައެއް ނުލައެވެ. އަޑުއެހުން މެދުކަނޑައިލުމަށްފަހު މިރޭ 20:30 ގައި އަލުން ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ހީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް މިއަދު ހަތަރުދަމު ކުރިއަށް ގެންދަނީ ރައީސް ޞާލިޙްގެ ހަތަރު އަހަރުގެ ނާކާމިޔާބީ ފޮރުވައި އެކަން ހިންދައިލުމަށްޓަކައި ކަމަށެވެ.

މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ރައްޔިތުންނަށް ވަރަށް ސާފުކަން ފާހަގަ ކުރައްވައި ހީނާ އިތުރަށް ވިދާޅުވީ މި ސަރުކާރަށް 04 އަހަރު ވީއިރު ހިންގުނު ބޮޑު މަޝްރޫޢުއެއް ލޮލަށް ފެންނާކަށް ނެތް ކަމަށެވެ.

މީގެ އިތުރުން ޤައުމުގެ މިނިވަންކަން އިންޑިއާއަށް ވިއްކާލައިފައިވާއިރު ނަށަމުންދަނީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖަހާ ބެރަކަށް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ނުވިތާކަށް ވެރިކަމުގެ ފަހު އަހަރު ރައީސް ޞާލިޙާއި އެ މަނިކުފާނުގެ ބައިވެރިންގެ ޚަރަދުބަރަދުތައް ހަމަޖައްސަން ފައިސާ ހޯދަން ނިންމާފައިވަނީ ނިކަމެތި ރައްޔިތުން ހަނާކޮށްގެން ޓެކްސް ނަގައިގެން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި މިދިޔަ 04 އަހަރު ނިމުނުއިރު ރައްޔިތުންނަށް އިންސާފެއް ނުލިބުނެވެ. އިންސާފެއް ނުލިބުނު ތަނުގައި ބޯހިޔާވަހިކަމެއް ވެސް ނުދެވުނެވެ. ވީ ކަމަކީ މަސްވެރިން އިނދަޖައްސާލައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިއުންކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ޓެކުސް ފައިސާ ޕާޓީ ކުދިންނަށް ބެހުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނު !