ކުޅިވަރު ފުޓްބޯޅަ

ޤަތަރުގެ އިންޒާރާއެކު ހެރީ ކޭންއަށް އެއްޖިންސުން ގުޅުން ހިންގަން ޕްރަމޯޓް ކުރަން ނުކެރުނު

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރުމަށްޓަކައި ޔޫރަޕުގެ ބައެއް ޤައުމީ ޓީމުތަކުން ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ރެއިންބޯ ބޭންޑު އެޅުމަށް ކުރަމުން ދިޔަ މަސައްކަތްތައް ނާކާމިޔާބުވެއްޖެއެވެ.

Ads by STELCO

އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އާއި ޔޫރަޕުގެ އިތުރު 5 އެފްއޭ އަކުން ބައިވެރިވެގެން މަސައްކަތް ކުރަމުން ދިޔައީ އެލްޖީބީޓީކިޔުއަށް ހިތްވަރުދީ މިކަން ވޯލްޑް ކަޕްގައި ދައްކާލުމަށެވެ.

ނަމަވެސް ފީފާއިން މިވަނީ މިކަން ޖޫރިމަނާ ކުރާނެ ކަމުގެ އިތުރުން ކުޅުންތެރިން ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

އެހެންކަމުން މި އެފްއޭ ތަކުން ވަނީ ޖޮއިންޓް ސްޓޭޓްމަންޓްއެއް ނެރިފައެވެ. އޭގައި އެމީހުން ބުނެފައިވަނީ ކުޅުންތެރިންނަށް އިސްލާހީ ފިޔަވަޅު އަޅަން އެމީހުން ނޭދޭތީވެ ރެއިންބޯ އާމްބޭންޑު ނޭޅުމަށް ހުރިހާ ކެޕްޓަނެއްގެ ކިބައިންވެސް އެދިފައިވާނެ ކަމަށެވެ.

ފީފާގެ ތާރީޚުންވެސް މުސްލިމް މެޖޯރިޓީ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށް ހުޅަނގުން އަންނަނީ އެތައް ފާޑު ކިޔުމެއް ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by HDC
  1. ކޮންމެ ޤައުމެއްގެވެސް ސަޤާފަތާއި ޢާދަކާދަޔަށް ހުރުމަތްތެރިކޮށް ހިތުނަކީ ބައިނަލް އަގުވާމީ މުޢާހަދާ އާއި އދ ގެ ޗާޓަރުގައިވެސް ލާޒިމް ކޮށްފައިވާ ކަމެއް، ހުތުރުކަންބޮޑު ފާހިޝް އަހުލާގު ފެތުރުމަކީ އެއްވެސް ކުޅިވަރެއްގެ ރޫހެއްނޫން !