ޚަބަރު ރައްޔިތުންގެ މަޖިލިސް

ދައުރު ނިމެނީ, އައްޑުއަށް ވީ ވަޢުދުތައް އަދިވެސް ނުފުއްދޭ: އަޙްމަދު ރަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ހަތަރު އަހަރު ނިމުނުއިރު ވެސް، އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ވަޢުުދުތައް ނުފުއްދަވާ ކަމަށް ވިދާޅުވެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަޙްމަދު ރަޝީދު ދެއްކެވި ވާހަކައިގައި ވަނީ މިއީ މި ދައުރުގެ ފަހު އަހަރުކަން ފާހަގަކުރައްވައިި އައްޑޫގެ އިގުތިސާދަށް ކުރެވުނީ ކީއްތޯ ސުވާލު ކުރައްވައިފައެވެ. އަދި ފެށުނު އިގުތިސާދީ މަސައްކަތެއް ނެތް ކަމަށާއި ހަތަރު އަހަރު ދިޔައިރު މި ކުރަނީ މި ކުރަނީއޭ ކިޔަކިޔާ ތިބީ ކަމަށް ވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އަޙްމަދު ރަޝީދު ވިދާޅުވީ ހަތަރު އަހަރުވީއިރު އައްޑޫ ސިޓީގެ ބައިނަލްއަގްވާމީ ޕޯޓަށް އެންމެ ލޯ ލާރިއެއް ވެސް ވަދެފައިނުވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ ވާހަކަ ދައްކަ ދައްކާ ތިއްބާ ދައުުރު ނިމެނީ ކަމަށެވެ.

މިއީ މާލެ ނަގާފައި އެންމެ ގިނަ ޖީއެސްޓީ ދައްކާ މީހުންނޭ އިއްޒަތްތެރި ރައީސް. ކޮންމެ އަހަރަކު ސްކޫލުން ކިތައް ކުދިން ނުކުމެގެން އެބަ އާދޭތޯ އިއްޒަތްތެރި ރައީސް. ކޮބައިތޯ ފެށުނު އިގުތިސާދީ މަސައްކަތަކީ.

މީގެއިތުރުން އަޙްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީއަކީ އެންމެ ރައީސް ޞާލިޙަށް އެންމެ ގިނަ ވޯޓު ދިން ސިޓީ ކަމަށާއި އައްޑޫ ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ހަތް ގޮނޑި ވެސް ދީފައިވާ ކަމަށެވެ.

މި ކަންކަމަށް ބަލައި އަޅުގަނޑުމެން ދެން މޫނަކާއިގެންތޯ 2023 ގައި ދާނީ.

އަޙްމަދު ރަޝީދު ވަނީ އަންނަ ރިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އައްޑޫ ސިޓީއަށް ވީ ވަޢުދުތައް ފުއްދުމަކީ މުހިންމުކަމެއްކަން ވެސް ފާހަގަކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!