ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް މާލޭގައި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށައިފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިއޮޕަރޭޝަންގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތައް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
އޭގެ ތެރޭގައި ސޯސަންމަގުގައި ހުރި ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެތިތަކެއް ވަނީ ހޯދާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ދެމެހެއްޓެނިވި ގޮތުގައި ކަންނުކުރެވޭ
ތިހެން އޮޕަރޭޝަނޭ ކިޔާފަ އެއްޗެއްސާ އެކީ ގެންދާ މީހުންވެސް ދެދުވަސް ނުވަނީސް ގެޔަށް ދޫކޮއްލަނީ.
ހަމަ ހެޑް ލައިންގަ ޖަހާލާ އެމީހުންގެ ވިޔަފާރި އިސްތިހާރު ކޮއްދޭން ކުރާކަމެއްތީ