ޖަލަށް ލިޔަސް އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށާއި އަޒުމަކަށްވެސް ބަދަލެއް ނާންނާނެ ކަަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކާނިވަލުގައި ކުރިއަށް ގެންދާ “ފެލާލައިފި” ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އަކީ ނިއުކްލިއާ ބާރަކަށް ވިޔަސް މި ރާޢްޖޭގައި އެހެން ނުތިބެވޭނެ ކަމަށާއި، އިންޑިއާ މީހުން ފައިބަން ގޮވާލަނީ، ރާއްޖެއަކީ އެމަނިކުފާނުގެ ވެސް ގައުމަށް ވާތީ ކަމަށެވެ.
މީގެ އިތުރުން އެއްވެ އުޅުމާ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ޤާނޫނު އަސާސީން ލިބިދޭ ހައްޤެއް ކަމަށާއި މިކަން ނުހުއްޓުވޭނެ ކަމަށާއި އެމަނިކުފާނުގެ ޝުއޫރުތައް ވެސް ނުހިފެހެއްޓޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“ޖަލަށް ދާނެ ޖެހިދާނެ. މޯދީ ހިތްހަމަ ނުޖެހެންޏާ މާދަން ނޫން އަނެއް ދުވަހުވެސް ޖަލަށް ދާނަން. އެކަމަކު ރައީސް ޔާމީންގެ އަޑެއް ކަޑުވައެއް ނުލެވޭނެ. ރައީސް ޔާމީންގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ” ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި އިންޑިއާގެ ބާރު ހިނގާ ތަނެއްވެސް ނޫން ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުން ނޫން ގޮތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮސްގޮވާާ ޅާާއެއް މީ