އަންނަ ހުކުރު ދުވަހު "ހަރާމް ހުކުމް"ގެ ނަމުގައި އިދިކޮޅުން މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ
ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
އެ ޕާޓީން މިއަދު ބުނީ ޑިސެމްބަރު 30ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ރައީސް ޔާމީންގެ ލޯންޑަރިންގެ ކުށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.
މިއާއެކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި ޖަލު އަދަބާއެކު ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޖޫރިމަނާ ކުރި 5 މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ޔާމީންގެ މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ރިޝްވަރު ދިނުމުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަބްދުﷲ ޔާމީންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ވައްކަންކުރުމަކީ ހަރާމް ކަމެއް އެހެންވީމާ ޔާމިނުއާއި ގުޅުންހުރި މުޒާހަރާ ތަކަށް ހަރާމް ބޭނުން ކުރުން ރަނގަޅު