މުސްލިމް ދަޢުލަތެއްގައި މިސްކިތް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑު ލަދެއް- ނާޒިމް

ވެރިރަށް މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑު ލަދެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ފަންޑް ރެއިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. މި ހަރަކާތަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިފައިވެއެވެ.
ނާޒިމް ވިދާޅުވީ މުސްލިމު ދަޢުލަތެއްގައި މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްް ކަމަށެވެ. އޭނާ ވަނީ ފައިސާ އިސްރާފުނުކޮށް ބޭނުންތެރި ކަންކަމަށް ޚަރަދު ކުރަން ގޮވައިލައްވައިފައެވެ.
"ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓަން ކަމަށް ބުނެ ފައިސާ ހޯދުން ބަލައިނުގަންނަން." ނާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުން ދެ ދުވަހުގެ މުއްދަތަށް ހިންގި އެ ހަރަކާތުން 744،713.90 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް ނުވަ މިލިއަން ރުފިޔާ ބޭނުންވާއިރު، ސަރުކާރުން ކައުންސިލަށް ދީފައި ވަނީ އެއް މިލިއަން ރުފިޔާ ކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ތިޔަވިދާޅުވާ ލަދުވެތިކަން ތިޔަބޭފުޅާވެސް ރައްދުވާނެ