ފްރަންޓްލައިން ވޯކަރުންނަށް މިހާތަނަށް ސަރުކާރުން ވަނީ 1045 ފަރާތަކަށް 13.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ކޮވިޑްގެ ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި މަޖިލިސް މެމްބަރުން ހިމެނޭ: ނަޝީދު
ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިން ގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ހިމެނޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތުން ފްރަންޓްލައިން މަސައްކަތްތެރިންނަށް ދޭ އިނާޔަތާ ބެހޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް މިނިސްޓަރު އަމީން ޖަވާބުދީ ނިމުމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މަޖިލިސް މެމްބަރުން ފްރަންޓްލައިންގައި މަސައްކަތްކުރައްވަމުން ނުދިޔަ ނަމަ ނިޒާމުތައް އެންމެ އަކަށީގެންވާ ގޮތުގައި ހިނގަމުން ނުދިޔައީސް ކަމަށެވެ.
"ހާއްސަކޮށް ފައިސާގެ ކަންކަން، އަދި އެހެންވެސް އިޖުރާއަތްތައް، ކޮވިޑްގެ ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި ހަމަ ކަށަވަރުންވެސް އަޅުގަނޑު ތިޔަ އިއްޒަތްތެރި މެމްބަރުން ބަލައިގަންނަން.
ނަޝީދު ވިދާޅުވި މަޖިލިސް މެމްބަރުން ހޯއްދެވީ ފްރަންޓްލައިން އެލަވެންސެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މުސާރައިން މަދު ކުރެއްވީ ކަމަށެވެ. އެހެންކަމުން ނަޝީދު ވަނީ އެ މެމްބަރުންނަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
ދެން ކީއްވެ ހޮސްޕިޓަލްގައި ރިސެޕްޝަން އަދި އޯޕީޑީ ތަކުގައި މަސައްކަތްކުރާ ސްޓާފުންނަން ނުލިބެންވީ، ކޮވިޑް ޖެހިފައި ހުރި ބަލި މީހުން އަންނަނީ ބުނެފައެއް ނޫން ދޯ، އެކަމަކު ރެންޑަމް ސާމްޕަލް ނަގާ މީހުންނާއި ސާމްޕަލް ގެންދާ މީހުންނަކީ ހައި ރިސްކް މީހުންނޯ، ބަލިމީހުންގެ ހިދުމަތުގައި ތިބި ބަޔަކަށް ނުލިބޭ، މިހާރު މަޖިލިސްގައި ތިބޭ ފަގީރުންނަކީވެސް ތިބުނާ އެލެވެންސް ލިބޭ ބަޔަކަށް ތިވީ
އެކޮއި ރަނގަޅުވާނީ ތިޔަ ސޮރު ދައްކާވާހަކަ އަށް ރައްދު ނުދިނިއްޔާ. މި ގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް ތިޔަ މަޖިލިސް ރައީސަކަށް މިހާރު ތިޔަހަރަ މީހާ އަކީ
ކޮއިފުޅާ މީހުން ދައްކ ާވާހަކަ
ފަހުމްނުވާމީހުން .އަގަނުވަރާ މޑުންތިބިއްޔާރަގަޅު ވާނީ
ފަހުމް ވާ މީހެއް ނުވާމީހެއް އެބައެގޭބާ
ވަޓަ ޖޯކް
އެހެންވެއްޖެއްޔާ ތިމެމްބަރުން ހޮވީވެސްފުރޮންޓު ލައިންގަ މަސައްކަތް ކުރާ މީހުން ދޯ
ވަރަށް ރަނގަޅު ވާހަކައެއް. ގައުމު މިހާލަތުގައި އޮއްވާ ފައިސާގެ ދަހިވެތިކަމުގައި ކުރަން ހެޔޮވާވަރުގެ ކަމެއްނޫން.