ޚަބަރު ސިޔާސީ

ހޮވިވަޑައިގަންނަވައިފި ނަމަ 50 ޓަނުގެ މަސް ފެކްޓްރީއެއް އައްޑޫގައި އަޅައި ދެއްވުމަށް އެދެން: މަވޯޓާ ޝަރީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ އައްޑޫ ސިޓީގައި 50 ޓަނަށް ވުރެ މަދުނޫން މަސް ފެކްޓްރީއެއް ގާއިމުކޮށްދެއްވުމަށް އެދި ވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ ކެމްޕޭން "އެމްޑީޕީ ކުރިއަށް" ނިންމައިލުމުގެ ގޮތުން އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިދިޔަ 3 އަހަރުވެސް ފެނުނު ހަމައެކަނި ވިޝަނަރީ ލީޑަރަކީ ރައީސް ޞާލިހް ކަމަށެވެ.

"މިހާރަކަށް އައިސް އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ވިޝަނަރީ ލީޑަރުންގެ ވާހަކަ އަޅުގަނޑަށް މި 2023 ވަނަ އަހަރުވެސް އޭގެ ކުރީ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ފެނުނު ހަމައެކަނި ވިޝަނަރީ ލީޑަރަކީ މި އިންނެވި އިބްރާހިމް މުހައްމަދު ޞާލިހް. ކީއްވެގެންތޯ ތިބޭފުޅުން ގަބޫލުފުޅު ކުރައްވަންތޯ ނިކަން ބައްލަވާ މި އައްޑު އަތޮޅުގެ ތަރައްގީއާއި މެދު ހާއްސަ ތަސައްވުރެއް އެބަ އޮތް ހާއްސަ ވިޝަނެއް އެބައޮތް" ޝަރީފް ވިދާޅުވިއެވެ.

އައްޑޫގެ ރައްޔިތުންނަށް ރައީސް ޞާލިހް ފިޔަވައި އެހެން ޗޮއިސްއެއް ނެތްކަން ފާހަގަ ކުރައްވައި، ޝަރީފް އިތުރަށް ވިދާޅުވީ ދުނިޔޭގައި މަސްނުވިކި ބަންދުވެ ލޮކްޑައުންގައި ވެސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން މަސްވެރިން އަތުން މަސްގަނެފައިވާ ކަމަށެވެ. އެހެންނަމަވެސް ގެއްލުމުގައި ސަރުކާރުން ތާއަބަދު  މަސްގަތުމަކީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއްނޫންކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ރައީސްއަށް މަސްވެރިންގެ ފަރާތުން ރައްޔިތުންގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރާކަމެއް އެބައޮތް މިކަން މަނިކުފާނުކޮށްދެއްވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އޮންނާތީ މިދަންނަވަނީ، މިއަތޮޅުގައި މަނިކުފާނު ހޮވި ވަޑައިގަންނަވައިފި ނަމަ މަސްފެކްޓްރީއެއް 50 ޓަނަށް ވުރެ މަދުނޫން މަސްދަޅު ބަންދުކުރާ ފެކްޓްރީއެއް ޤާއިމުކޮށްދެއްވުން. އޭގެ އިތުރަށް 1000 ޓަނަށްވުރެ މަދުނުވާ ކޯލްޑް ސްޓޯރޭޖް ޕްލާންޓެއް މިއަތޮޅުގައި ގާއިމުކޮށްދެއްވުން ވަރިހަމަ ހުޅުމީދޫގައި އިތުރު ކޮށްދެއްވިޔަސް މަނިކުފާނު ވިދާޅުވެއްޖެ އެވާހަކަ އަޅުގަނޑު ދެންނެވުމުގެ ކުރިން" ޝަރީފް ވިދާޅުވިއެވެ.

މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާއިރު، މި އިންތިޚާބު މިހާރު ވަނީ ކާމިޔާބު ވެފައިކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިއިންތިޅާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބަށް މިހާރު ހުރިހައި ކަމެއްވެސް ގާތްގަނޑަކަށް ވަނީ ތައްޔާރުވެ ނިމިފައި ކަމަށް އެޕާޓީން ބުނެއެވެ.

 

Ads by Ooredoo
  1. މަވޯޓާ ކަލޭ އޭރަކު އޮންނަ ކޮންމެ ސަރުކާރަކާއި ގުޅިގެން ދައުލަތުން ފައިދާ ނަގާތާ 40 އަހަރު މިވަނީ ، ކަލޭމެން އައްޑުއަށް ކޮށްދިން ކަމެއް ފެންނާކަށެއް ނެތް !

  2. ސައްލި

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް އަމިއްލަ އެދުން ! ކަލޭ ކޮންމެ ސަރުކާރަކާއި އެކު އުޅޭ ފައިދާނަގަން !