ޚަބަރު ސިޔާސީ

ނަތީޖާ ވަރަށް ސާފު، ހުރިހާ ބޭފުޅުން ނުކުމެ ވޯޓްލައްވާ: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ނަތީޖާ ވަރަށް ސާފުކަމަށާއި ކުރަންވީ ކަމަކީ ހެނދުނު ހެނދުނާ ނުކުމެ ހުރިހާ ބޭފުޅުން ނުކުމެ ވޯޓްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ ޕްރައިމަރީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ކެމްޕޭން ނިންމަވާލެއްވުމަށް މިއަދު ހަވީރު ކުރިއަށްގެންދިޔަ ހިނގާލުމަށްފަހު ހިނގާލުމުގެ ބައިވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް މިއޮތް 24 ގަޑިއިރަކީ ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށާއި ވޯޓް ދޭނީ ކޮންބައެއްކަން މިހާރު ވަރަށް ސާފުކޮށް ފެންނާނެކަމަށެވެ.

"ދެން ކުރަންވީ ކަމަކީ ކުރިއަށް 24 ގަޑިއިރު ތެރޭގައި މާދަމާ ނުކުމެ އަވަހަށް ފޮއްޓައް ވޯޓްލާންވީ އަދި ވޯޓްލާންތިބި އެންމެ އަވަހަށް ވޯޓްފޮށި ކައިރިއަށް ގެންނަންވީ" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވީ 3 ހަފްތާ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރެއްވި ކަމަށާއި ކޮންމެ ރަށަކުންވެސް ފެންނަނީ ތަރައްގީއައިގެން ކުރިއަށްދާން ބޭނުންވާ ތަންކަމަށެވެ. އަދި ކުރަން ފަށައިފައި ހުރި މަސައްކަތްތައް ނިންމާލުންމަށް ނޫނީ ކުރަން ފަށާފައި ހުރި މަސައްކަތްތަކަށް ކުޑަބަދަލުތަކެއް ގެނައުމަށް ބޭނުންވާތަން ކަމަށެވެ. އަދި ރަށްރަށުގައި މިހާރު ތަރައްގީއަށް މާބޮޑު މަސައްކަތްތަކެއް ކުރަން ނެތްކަން ފާހަގަކުރައްވާ ރައްޔިތުން ބޭނުންވަނީ ތަރައްގީ ނުހުއްޓި ނިންމާލަންކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!