ޚަބަރު ސިޔާސީ

ޕްރައިމަރީގައި ފެނިގެންދިޔައީ ޕީޕީއެމްގެ ފިތުނަ: މަވޯޓާ ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން  ފެނިގެން ދިޔައީ ވާދަވެރި ކެންޑިޑޭޓާއި ގުޅިގެން އެމްޑީޕީ ބަލިކޮށްލުމަށް ޕީޕީއެމް އިން ފެތުރި ފިތުނަކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަރީފު ވިދާޅުވީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުވާން އޮތީ އިބްރާހިމް މުހައްމަދު ޞާލިހު ކެންޑިޑޭޓަކަށް ވެގެންކަމަށެވެ.

"އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުވާން އޮތީ އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެގެން. އެނޫން ޗޮއިސްއެއް ނެތް. މި ޕްރައިމަރީ ތެރެއިން މިފެނުނީ ވާދަވެރި ކެންޑިޑޭޓާއި ބައިވެރިވެގެން އިދިކޮޅު ޕާޓީ ޕީޕީއެމް އިން ހެސް ކިޔާފައި ފިތުނަ ފަތުރާތަން. މިކަމުގެ ފަހަތުގައި އޮތީ އެމްޑީޕީ ބަލިކުރުން" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން ކުރީގެ ރައީސް ނަޝީދުގެ މައްޗައް ރައީސް ޞާލިޙު ވަނީ ކާމިޔާބު ހޯއްދަވައިފައެވެ.

މި ތާރީޚީ ކާމިޔާބަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ އެކުގައި މަސަައްކަތް ކުރުމަށް ކުރީގެ ރަައީީސް މުޙައްމަދު ނަޝީދަށް ދަޢުވަތު އަރުވާ ކަމަށާއި، މިހައިހިސާބުން ވާދަވެރިކަން ނިމުމަކަށް އައީ ކަމަށެވެ.

Ads by Allied Insurance
  1. ރަޝީދު ފޭދޫ

    މަވޯޓާ ޝރަރީފުއައްވުރެ ބޮޑު ފިތުނަވެރިޔަކު އަދި މަވޯޓާ ޝަރިފައްވުރެ ބޮޑު ދޮގުވެރިޔަކު އަދި މަވޯޓާ ޝަރީފައްދާބަޔަކު އަދި ފެނިފާ ނުވޭ ފުގެ ނޮހޮރޮއްޕާނައްވުރެބޮޑު ނޮހޮރޮއްޕާނެ މިދުނިޔޭގައި ހުރިނަމަ ހުރީ އޭނަޔާ އިބޫ ކިޔާ މީހަކާ އެމްޑީޕީ ތެރޭ ފިތުނަފަސާދައު

  2. މާމީ

    ާލޯކަނު މީހުނަވެސް ޢުލޭވިއްޔާ