ޚަބަރު

މުޒާހަރާގެ ތެރެއިން ވީޓީވީގެ ނޫސްވެރިޔަކަށް ފުރައްސާރަ ކުރުމުން ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ރިޔާސީ ބަޔާން އިއްވި ވަގުތު ވީޓީވީގެ ނޫސްވެރިޔަކަށް މުޒާހަރާގެ ބައިވެރިން ފުރައްސާރަ ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by STELCO

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ފުރައްސާރަވުން އަމާޒުވެފައިވަނީ ވީޓީވީގެ ނިއުސް އެންކަރެއް ކަމަށްވާ ޒިދާން ރިޔާޒަށެވެ.

މިއަދު މަޖިލީސް މި އަހަރުގެ ދައުރަށް ހުޅުވުމާ ދިމާކޮށް ރައީސް ޞާލިޙް އިއްވެވި ރިޔާސީ ބަޔާނާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ފަހަތަށް ޖައްސައިފައެވެ. އިދިކޮޅުގެ މުޒާހަރާތައް ފެށީ މަޖީދިއްޔާ ސްކޫލު ކައިރިންނެވެ.

ޒިދާން ލައިވްގައި ހުއްޓާ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބެނާތަކާއެކު ކައިރިވެފައެވެ. އަދި އެތަނުން މީހަކު އެއީ ކޮން ޓީވީއެއްގެ މީހެއްތޯ ސުވާލު ކުރުމުން، ވީޓީވީއޭ ބުނުމުން ރައީސް ޔާމީން ދޫކޮށްލުމަށާއި، އިންޑިއާ އައުޓަށް ގޮވާ އަޑު އިވެއެވެ. އޭގެ ފަހުން ޕްރެޒެންޓް ކުރަން ހުއްޓާ ފަަހަތުން ފެންފުޅި އުކާތަން ފެނެއެވެ.

އޭގެ އިތުރުން މުޒާހަރާ ކަވަރު ކުރަމުންދިޔަ ދެ ނޫސްވެރިޔަކަށް، ފުލުހުންގެ ފަރާތުން އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. މިއަދުގެ މުޒާހަރާ ހޫނުވެ، 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Ads by Ooredoo
  1. އޮންއޮ

    އައިޝަތު އަރީނާ، ކަމަނާ މި އާޓިކަލް ލިއުނު އިރު ހުރީ ބޯލައިގެން ކަމަށް ވަރަށް ބޮޑަށް ފާހަގަވޭ،، ކަމަނާޔަކަށް ނޭގުނުވިއްޔާ އިދިކޮޅުގެ ލީޑަރ ދީފައިވާ އަނިޔާގެ އެންމެބޮޑު މޭއިސްތިރިޔަކީ ކަމނާގެ ތިޗެނަލްގެ ވެރިފަރާތް، ރައްޔިތުންނަ އަމިންލަ މަންފާއަށްޓަކާ ކޮންމެފަދަ ހިސާބަކަށާ ގައުމުވަޓާލި ބޮޑު ޚާއިނެގެ ފަހަތުގައި ހުންނަ ކަމަށް ވަނީނަމަ ތިކަހަލަ ކިތަންމެ ކަމެއްދިމާވުމަކީ އެކަށީގެންވޭ،، ވީމާ އިދިކޮޅު މީހުންގެ ތެރެޔަށް އޭނަވަންނާކަށް ނުޖެހޭ..
    ދެންކޮންމެވެސް މުޅު އެއްޗެލިޔަންވެގެން މުންޖޭކިޔާފަ ލިޔެލަބަލަ ނޫނީ ތަ އައްޕަންއޭ ލިޔެލަބަލަ 5000 ހާސްފަހަރު ލިޔެވެނިކޮށް ތިޖެހިގެން އުޅޭ މއްސަލަ އޯކޭވެދާނެ�����

  2. އިސްމާޢީލް

    ދެރަ ކަމެއް ނޫސްވެރިން ގެ ވާޖިބައް ހުރަސް އެޅުން ކުއްވެރިކުރަށް، އެކަމު ޗޯރު އިބްރޭ އިބަޖެހޭ ވަ އަވަހަށް ވެރިކަމުން ފޭކުރަން. ނޫނީ އަހަރެމެނަށް މި ޤަޢުމު ގެއްލިދާނެ.