މެދުއިރުމަތި ދުނިޔެ

ތުރުކީއަށް އައި ބިންހެލުން: އެ ބިންހެލުން އައީ ކޮންތަނަކަށް ހެއްޔެވެ؟ އެހާ ނުރައްކާތެރި ބިންހެލުމަކަށް ވީކީއްވެ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސޫރިޔާގެ ބޯޑަރު ކައިރީގައި އޮންނަ ތުރުކީގެ ދެކުނުއިރުމަތީ ސަރަޙައްދަށް މިމަހުގެ 6 ވަނަ ދުވަހު ހެނދުނު އައި ބާރުގަދަ ބިންހެލުމުގައި 11،000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާއިރު އަދި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށް ބެލެވެއެވެ.

Ads by WAMCO

ސޫރިޔާގެ ހުޅަނގު އުތުރުގައި އެތައް ހާސް އިމާރާތްތަކެއް ވެއްޓި، އިންސާނީ އެހީތެރިކަމަށް މިހާރުވެސް އެތައް މިލިއަން ބަޔަކު ބަރޯސާވަމުން އަންނައިރު، ސޫރިޔާގެ ހުޅަނގު އުތުރުގައި އެކަމުގެ ސަބަބުން "ނުރައްކާތެރި" ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންޒާރު އެހީދޭ އިދާރާތަކުން ދަނީ ދެމުންނެވެ.

އެ ބިންހެލުން އައީ ކޮންތަނަކަށް ހެއްޔެވެ؟

ތުރުކީގެ ދެކުނު އިރުމަތީ ސަރަހައްދާއި ސޫރިޔާގެ ބޯޑަރު ކައިރީއަށް އައި މިބިންހެލުން އައިސްފައިވަނީ ގަޒިއަންޓެޕް އަވަށުގެ ކައިރީއަށެވެ. މި ބިންހެލުމާ އެކު ގިނަ އާފްޓާ ޝޮކްތަކެއް ވެސް އައިސްފައިވެއެވެ. ފުލުފުލުގައި އައި ބިންހެލުންތަކާއެކު ބިންހެލުންތައް އައި ސަރަހައްދުތައްވަނީ އެކީ ފަނާވެފައެވެ. މިގޮތުން ބަލާލާއިރު ފުރަތަމަ ބިންހެލުމަކީ ބޮޑު ބިންހެލުމެކެވެ 7.8 ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އިރު، އެއީ ރަސްމީ މެގްނިޓިއުޑް ސްކޭލްގައި "މޭޖަރ" ގެ ގޮތުގައި ގިންތިކުރެވިފައިވާ ބިންހެލުމެކެވެ. މިބިންހެލުމުގައި ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ގެ ފޯލްޓް ލައިން ފަޅައިގެން ގޮސް، ފޯލްޓް ކައިރީގައި ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެހާ ނުރައްކާތެރި ބިންހެލުމަކަށް ވީ ކީއްވެ؟

މި ހާދިސާ ހިނގާފައި ވަނީ ފަތިހުގެ ވަގުތެއްގައި މީހުން ނިދާފައި ތިއްބައެވެއެވެ. އަދި ބިންހެލުން އައި ސަރަހައްދުތަކުގެ ޢިމާރާތްތަކުގެ ހަރުދަނާކަން ވެސް ފާހަގަކުރެވެއެވެ.

ޔުނިވާސިޓީ އޮފް ޕޯޓްސްމައުތުގެ ވޮލްކަނޮލޮޖީ އެންޑް ރިސްކް ކޮމިއުނިކޭޝަންގެ ރީޑަރ ޑރ ކާމެން ސޮލާނާ ވިދާޅުވި ގޮތުގައި ދެކުނު ތުރުކީއާއި ހާއްސަކޮށް ސީރިއާގައި ރެސިސްޓެންޓް އިންފްރާސްޓްރަކްޗާ އަކީ ހިތާމަވެރި ގޮތެއްގައި ޕެޗް ވެފައިވާ އިންފްރާސްޓްރަކްޗާއެއެވެ. އެހެންކަމުން މިހާރު ފުރާނަ ސަލާމަތް ކުރުން އެންމެ ބޮޑަށް ބަރޯސާވަނީ އިޖާބަ ދިނުމުގެ މައްޗަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަކީ ސަލާމަތްވި މީހުން ހޯދުމަށް ވަރަށް މުހިންމު ދުވަސްތަކެކެވެ. 48 ގަޑިއިރު ފަހުން ސަލާމަތްވި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާނެއެވެ.

މިއީ 200 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބޮޑު ބިންހެލުމެއް އައިސްފައި ނުވާ ނުވަތަ އިންޒާރުގެ އެއްވެސް ނިޝާނެއް ނުފެނުނު ސަރަހައްދަކަށް ވާތީ، ބިންހެލުމާ ކުރިމަތިލާން އާދަވެފައިވާ ސަރަހައްދަކަށް ވުރެ ތައްޔާރުވުމުގެ މިންވަރު މިސަރަހައްދުގައި ދަށެވެ.

ބިމުގެ ފަށަލަ އެކުލެވިގެންވަނީ އެކަތި އަނެކެއްޗާ ވަކިން ހުުންނަ ޕްލޭޓް ކިޔާ ވަކި ވަކި ތަށިތަކެއްފަދަ  ފަށަލައެއްގެ މަތީގައެވެ. މި ތަށިތައް ގިނަ ފަހަރަށް ހިނގަން މަސައްކަތް ކުރި ނަމަވެސް، ކައިރީގައި ހުންނަ ތަށީގައި ޖެހުމުގެ ސަބަބުން އެ ތަށިތައް ހުއްޓުވަނީ އެވެ. އެކަމަކު ބައެއް ފަހަރު ޕްރެޝަރު އުފެދެނީ ކުއްލިއަކަށް އެއް ތަށި ފަޅައިގެން ދާންދެން ކަމަށްވުމުން އޭގެ ސަބަބުން ސަރފޭސް ހިނގަން މެދުވެރިވެއެވެ. މިފަހަރުގެ ބިންހެލުން އައި މިޙާލަތުގައި ޢަރަބި ތަށި އުތުރަށް ދަތުރުކޮށް އެނަޓޯލިއަން ޕްލޭޓާ އިދިކޮޅަށް ދަމައިގަތެވެ.

ޕްލޭޓްތައް ޖެހުމަކީ މީގެ ކުރިން ވެސް ވަރަށް ގެއްލުންހުރި ބިންހެލުންތަކެއް އައިސްފައިވާ ކަމެކެވެ. މިގޮތުން 13 އޮގަސްޓް 1822 ގައި 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައި އިރު، މިއީ ހޯމަ ދުވަހު ރެކޯޑް ކުރެވުނު 7.8 މެގްނިޓިއުޑަށްވުރެ ވަރަށް ކުޑަ ބިންހެލުމެކެވެ. ނަމަވެސް 19 ވަނަ ގަރުނުގެ ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަލެޕޯ ސިޓީން އެކަނިވެސް 7،000 މީހުން ވަނީ މަރުވެފައެވެ. ގެއްލުންދޭ އާފްޓާޝޮކްތައް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ދެމިގެން ދިޔައެވެ.

 

Ads by HDC
  1. އަޕްޑޭޓް

    އަހަރުމެން ތުރުކީގެ މިހާދިސާއިން ލައިވް އަޕްޑޭޓް އެބަހޯދަން.
    އަދި ޚަބަރުތަކަށް ނާރާނެ ވާހަކައެއް
    ދާދި ދެންމެ (65 ގަޑިއިރުފަހުން) މީހަކު ސަލާމަތްވީ. މަލަޓްޔާ ސިޓީ އިން.
    އަލްޙަމްދުލިއްލާހި.